ރެސްޓޯރަންޓެއްގައި ބަޔަކަށް ކާން ހަދާފައި
ދީން
13 Feb 2026 | 13:00
” ރޯދައަށް ތިބޭއިރު، އާއްމުންގެ ކުރިމަތީ ފަތުރުވެރިންނަށް ކާންބޯން ދިނުން ހުއްދައެއް ނޫން“

ރަމަޟާން މަހުގެ މަތިވެރިކަމާއި ޙުރުމަތް ހިފެހެއްޓުމުގެ ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ރެސްޓޯރެންޓު ފަދަ ތަންތަނުން އާންމުންގެ ކުރިމަތީގައި ފަތުރުވެރިންނަށް ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ރުއްސެވުމާ ފުއްސެވުމުގެ މަހަށް މަރުޙަބާ" މި މައުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ބުނީ، ރަމަޟާން މަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަ ފުއްސެވުމުގެ މޫސުމެއް ކަމަށާއި، މުސްލިމު މުޖުތަމަޢުތަކުގައި އެ މަހުގެ މަތިވެރިކަން ދަމަހައްޓަން ޖެހޭނެ ކަމަށެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭކަމެއްނޫނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެއެވެ. ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެއެވެ.

ޚުތުބާ

ރޯދައިގެ ޝަރުޢީ މާނައަށް އަލިއަޅުއްވާލަމުން ޚުޠުބާގައި ބުނީ، ރޯދައަކީ ފަޖުރުލީއްސުރެ އިރު އޮއްސިއްޖައުމަށް ދާންދެން ކެއިންބުއިމާއި ރޯދަ ގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވެ ހުރުން ކަމަށެވެ. އަދި ހަމައެކަނި ނުކައި ނުބޮއި ހުރުމުގެ ބަދަލުގައި، ދޮގުހެދުމާއި އުރެދުމުގެ ޢަމަލުތަކުން ދުލާއި ގުނަވަންތައް ރައްކާތެރިކުރަން ޖެހޭނެ ކަމަށާއި، އެހެން ނޫންނަމަ ރޯދައިގެ ފުރިހަމަ ސަވާބުން މަޙުރޫމުވެދާނެ ކަމުގެ އިންޒާރުވެސް ޚުޠުބާގައި ދީފައިވެއެވެ.

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވާތީ، ރޯދައާ ގުޅޭ މުހިންމު ޙުކުމްތަކެއްވެސް މިއަދުގެ ޚުޠުބާގައި އޮޅުންފިލުވައިދީފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

ދަތުރުވެރިންނާއި ބަލިމީހުންނަށް ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު އޮތް ނަމަވެސް، ފަހުން ޤަޟާކުރަން ޖެހޭނެކަން.

ދާއިމީ ބަލިމީހުންނާއި މުސްކުޅިބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހުން ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭން ޖެހޭނެކަން.

ހަށިގަނޑަށް ހަކަތަ ލިއްބައިދޭ އިންޖެކްޝަން ޖެހުމާއި ޑަޔަލިސިސް ހެދުމުން ރޯދަ ގެއްލޭނެކަން.

ޝަރުޢީ ޢުޒުރަކާ ނުލައި ގަސްތުގައި ރޯދަ ދޫކޮށްލުމަކީ ބޮޑު ފާފައެއް ކަމަށާއި، އެކަމަށް އޮތް ކައްފާރާއަކީ ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުން ނުވަތަ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ރަމަޟާން މަހުގެ ވަގުތުތައް ކުޅިވަރާއި މަޖަލުގައި ހޭދަނުކޮށް، ތަރާވީޙު ނަމާދާއި ރޭއަޅުކަމުގައި ހީވާގިވުމަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި ގޭތެރޭގެ މަސައްކަތްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ، އޯގާވެރިކަން އިސްކުރުމަށްވެސް ޚުތުބާގައި އެދިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.