އެހީ ޖަމިއްޔާއިން މީގެކުރިން ރަމަޟާންމަހެއްގައި އިފްތާރު ޕެކް ތައްޔާރުކުރުމުގެ ތެރެއިން. ފޮޓޯ: އެހީ
ހަބަރު
14 Feb 2026 | 23:27
އެހީ ޖަމިއްޔާގެ އިފްތާރުޕެކް މިފަހަރުވެސް. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކުރީ އަހަރެކޭ އެއްގޮތަށް މިފަހަރުގެ ރަމަޟާންމަހުވެސް އެހީ ޖަމިއްޔާއިން އިފްތާރުޕެކް ތައްޔާރުކޮށްދިނުމުގެ ކަންކަން ކުރިއަށްގެންދާނޭކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އެހީގެ ޖަމިއްޔާއިން ހިންގަމުން އަންނަ "އެހީ އިފްތާރު" ޕްރޮޖެކްޓަކީ މިސްކިތްތަކާއި، ދަތިހާލުގައި ދިރިއުޅޭ އާއިލާތަކަށް އެހީވުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެހީ އިފްތާރު ކުރިއަށްގެންދާތާ 10 އަހަރު ވެފައިވާއިރު، އެހީ ޖަމިއްޔާއިން ބުނީ މިފަހަރުގެ އިފްތާރު ޕެކް ތައްޔާރުކޮށްދިނުމަށް އެހީވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް އެބައޮތްކަމަށެވެ.

އެހީ ޖަމިއްޔާއިން މިސްކިތެއްގައި އިންތިޒާމްކުރި ރޯދަ ވީއްލުމެއް... ފޮޓޯ: އެހީ

އިފްތާރުޕެކް ތައްޔާރުކުރުމަށް އެޖަމިއްޔާއިން ކަނޑައަޅާފައިވަނީ މިފަހަރު ޕެކަކަށް 55 ރުފިޔާއެވެ.

މިފަހަރުގެ އެހީ އިފްތާރުގައި ފައިސާގެ އިތުރުން ތަކެތިވެސް ހަދިޔާކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

އެހީ ޖަމިއްޔާއިން އިންތިޒާމްކުރި ރޯދަ ވީއްލުމެއް... ފޮޓޯ: އެހީ

އެހީ ޖަމިއްޔާއިން ބުނީ މިފަދަ އިތުރު ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ލިބިގެންދާ ފައިސާގެ %12.5 ހަރަކާތް ރާވާ ހިންގުމުގެ ޚަރަދުތަކަށް ބޭނުންކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.