ސްޕޯޓްސް މިނިސްޓަރު ރާފިޢު
ހަބަރު
16 Feb 2026 | 08:34
ކުޅިވަރު ތަރައްޤީ ކުރުމުގެ ވައުދުތަކަކީ، ހަމައެކަނި ދައްކާ ހުސް ވާހަކަތަކެއް ނޫން: ރާފިއު

ކުޅިވަރު ތަރައްޤީކުރުމަށް ވާ ވައުދުތަކަކީ ހަމައެކަނި ދައްކާ ހުސް ވާހަކަތަކެއް ނޫންކަމަށާއި، އެކަންކަން ހަޤީގަތަކަށް ހަދައި އަމަލީގޮތުން އެކަން ދައްކާނޭކަމަށް ކުޅިވަރާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024 ހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުޅިވަރުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަށް ވެފައިވާ ވައުދުތަކަކީ ހަމައެކަނި ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި، އެ ވައުދުތައް ފުއްދަމުންދާކަމަށެވެ.

އެގޮތުން ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ސިއްހީ އިންޝުއަރެންސް ޚިދުމަތް ތައާރަފްކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ދިވެހިރާއްޖޭގެ ކުޅިވަރުގެ އާއިލާއިން އެދި އެދި ތިބި ކަމެއް ކަމަށާއި، މީގެ ސަބަބުން މާލީ ބުރަކަން ކުޑަވެ، ކުޅިވަރުގެ ޒަރީއާއިން ގައުމަށް ޚިދުމަތް ކުރާ ފަރާތްތަކަށް ސިއްހީ ރައްކާތެރިކަން ކަށަވަރުވެގެންދާނޭކަމަށް ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރުން ކުޅުންްތެރިންނަށާއި ކުޅިވަރު އޮފިޝަލުންނަށް ފަހި ވާނޭހެން ކަންކަން ތިންތިޒާމް ކުރަމުންގެންދާކަމަށެވެ. އެގޮތުން އެފަރާތްތަކަށް ދެވޭ އެލަވަންސްވެސް މިހާރު އިތުރު ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދެވޭ އެލަވަންސް ފަސްހާސް ރުފިޔާއިން ހަތްހާސް ރުފިޔާއަށް މިހާރު ވަނީ އިތުރު ކުރެވިފައި.މިއީ އެފަރާތްތަކުގެ މަސައްކަތާއި ސާބިތުކަން ބަލައިގަނެ، ކުޅިވަރުތަކުގައި ކުރިއަށް ދިއުމަށް ހިތްވަރު ދިނުމަށް ސަރުކާރުން ދޭ ސަމާލުކަން ހާމަކޮށްދޭ އަލިގަދަ ހެތްކެއް

ކުޅިވަރާ ބެހޭ ވަޒީރު ރާފިއު 

ވަޒީރު ރާފިއު ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ މުހިއްމު ވައުދުތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާކަމަށެވެ. އެގޮތުން 1200 މީހުންގެ ޖާގައިގެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ފުރިހަމަ 16 މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. މި ވަސީލަތްތަކަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްޤީ ކުރެވިގެންދާ ތަންތަންކަން ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ކުޅިވަރުގެ ގާނޫނަށް މުހިންމު ބަދަލުތަކެއް ގެނައުން ކަމަށާއި، އެގޮތުން އިސްލާހުތަކުގެ ސަބަބުން މުޅި ރާއްޖޭގެ ކުޅިވަރު ހަރަކާތްތައް ފުޅާވެ، އެކި އަތޮޅުތަކުގައި ތިބި ކުޅުންތެރިންނަށް ކަންކަން ރޭވިފައިވާ ނިޒާމެއްގެ ތެރެއިން ކުރިއަށް ދިއުމުގެ ފުރުސަތުތައް އިތުރުވެގެންވެސް ދާނެ ކަމަށެވެ.

ކުޅިވަރަކީ ވަކި ސަރަހައްދަކަށް ހަނިވެފައިވާ ކަމަކަށް ވެގެން ނުވާނެކަން ފާހަގަކުރައްވަމުން ވަޒީރު ރާފިއު ވަނީ ކޮންމެ އަތޮޅެއްގައިވެސް ހުނަރުވެރި ކުޅުންތެރިން އެބަ ތިބިކަން ފާހަގަކޮށް ސަރުކާރުގެ މަސްއޫލިއްޔަތަކީ އެ ހުނަރުތައް ކުރިއަރުވައި، އެކަށީގެންވާ ނިޒާމެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުންކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.