ރޭގެ ޖަލްސާގައި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް
ހަބަރު
17 Feb 2026 | 10:00
ޤައުމީ ކަންކަމުގައިވެސް އެމްޑީޕީން މިހާތަނަށް އިސްކުރީ އަމިއްލަ މަސްލަހަތު: ނައިބުރައީސް

ޤައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ވާހަކަ އެމްޑީޕީން ދައްކަމުންދާއިރު، ޤައުމީ ކަންކަމުގައިވެސް އެޕާޓީގެ ލީޑަރޝިޕުން މިހާތަނަށް އިސްކުރީ އަމިއްލަ މަސްލަހަތުކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މާފަންނު ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ނައިބުރައީސް ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމަށް އެއިރެއްގައި އޮންނަ ސަރުކާރު ޒިންމާދާރުކުރުވުމަކީ ޑިމޮކްރަސީގެ ވަރަށް މުހިންމު އަސާސެއްކަން ފާހަގަކުރައްވަމުން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ އެމަގުން އިދިކޮޅު އެމްޑީޕީއަށް މަސައްކަތްތައް ކުރެވޭތޯ ސުވާލު އުފައްދަވާފައެވެ.

އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މެމްބަރުންގެ ހައިސިއްޔަތުން މަޖިލީހުގެ ތެރެއިން އިދިކޮޅު އެމްޓީޕީއަށް އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ފާހަގަކުރައްވަމުން ނައިބުރައީސް ވިދާޅުވީ، ސިޔާސީގޮތުން ބާރުވެރިކަން ލިބިފައި އޮތް ދުވަހުވެސް އެމްޑީޕީން މަސައްކަތްކުރީ އެބޭފުޅުންގެ އަމިއްލަ މަސްލަހަތުގައި ކަމަށެވެ. އެގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ދުަވސްވަރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެމްޑީޕީގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތް ދުވަސްވަރު ކަންކަން ކުރެއްވީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަށްކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.

ގާނޫނީ ބޮޑެތި ނިންމުންތަކެއް ނިންމަން ރައްޔިތުންގެ މަޖިލީހަށް އިހުތިޔާރު ލިބިގެންވާ މުއްދަތެއް ނޫން އެ ހަމަސް ދުވަހަކީ. އެއީ އާ ސަރުކާރަކަށް ރައްޔިތުން އިޖާބަދީ، ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ބޮޑުތަނުން ލިބުމާ އެކީގައި ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ތަރުތީބު ކުރައްވަން ފެއްޓެވުމާ އެކީގައި އެމްޑީޕީ ސިޔާސީ ގޮތުން ވާދަވެރި ޕާޓީއެއްގެ ގޮތުގައި ތިބެގެން ރައްޔިތުންގެ މަޖިލީހުން ފެއްޓެވި މަސައްކަތްޕުޅަކީ އެމަނިކުފާނުގެ ނޯކޮންފިޑެންސް ވޯޓު ރައްޔިތުން މަޖިލިސް ތެރެއިން ގާނޫނާ ހިލާފަށް ނަގަން މަސައްކަތްޕުޅު ފެއްޓެވުން

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ނައިބުރައީސް ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕުން ލާމަރުކަޒީ ނިޒާމުގެ ވާހަކަ މިއަދު ދައްކަމުން އެދަނީ އެއްވެސްކަހަލަ ހަމަޖެހޭ އަސާސްތަކެއްގެ މައްޗަށް ބުނާކޮށް ނޫންކަމަށާއި، އެޕާޓީގެ ލީޑަރޝިޕްގެ ފަރާތުން މިހާތަނަށް ފެނިފައިވަނީ ޤައުމީ ކަންކަމުގައިވެސް އަމިއްލަ މަސްލަހަތަށް އިސްކަންދިންތަން ކަމަށް ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން އެމްޑީޕީން މިހާތަނަށް ތަންފީޒު ކޮށްފައިވާ ކަންތައްތަކަކީވެސް އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަން ކަމަށް ނައިބު ފާހަގަކުރެއްވިއެވެ.

އެގޮތުން ޤައުމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާ ހޯދުމަށް ފައިސާ ޗާޕްކުރުންފަދަ ކަންކަން ކޮށްފައިވަނީ، މާލީ އިދާރާތަކުން އަދި އޭރު މަޖިލީހުގެ ތެރެއިން އިދިކޮޅު މެމްބަރުންގެ އެކަން ނުކުރުމަށް ގޮވާލަމުންދަނިކޮށްކަން ނައިބުރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބުރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރައްޤީ ކުރަން ހުރި މަސައްކަތްތައް މި ސަރުކާރުން ބާރު ސްޕީޑްގައި ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ޤައުމު ބިނާކުރުމުގެ މަސައްކަތްތަކަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަން ދެއްވާ އެއްކަންތައް ކަމަށްވެސް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.