އެހީވާނަން ޕްރޮޖެކްޓަށް އެހީގެ ޓީމް ރަށެއްގައި: ފޮޓޯ/ އެހީ
ހަބަރު
19 Feb 2026 | 15:05
މި ރޯދަމަހުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި އުޅޭ ފަރާތްތަކަށް އެހީވުމުގެ ފުރުސަތު

މި ރޯދަމަހުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އެހީ  އެހީ ޖަމިއްޔާއިން ހުޅުވާލައިފިއެވެ.

އެގޮތުން އެހީ ޖަމިއްޔާއިން ބުނީ، އެ ޖަމިއްޔާގެ "އެހީ ވާނަން" ކެމްޕޭނުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތި ހާލުގައި ދިރިއުޅޭ އެތައް އާއިލާއެއްގެ މަޢުލޫމާތާއި، އެ ފަރާތްތަކުން އުފުލަމުންދާ ތަކްލީފުތަކުގެ ވާހަކަ ހޯދާފައިވާ ކަމަށެވެ.

އަދި އެ އާއިލާތައް އެ ހާލަތުން އަރައިގަންނާނެ ގޮތްތައް ބަލައި، އެކަމަށް ބޭނުންވާ މަސައްކަތްތައްވެސް އެ ޖަމިއްޔާއިން މިހާރު ކުރަމުންދާ ކަމަށް ބުންޏެވެ. 

މިއާއެކު މި ބަރަކާތްތެރި ރަމަޟާން މަހަކީ އެހެން މީހުންނަށް އެހީތެރިވުމުގެ މާތް ރޫޙު އާލާކުރަންޖެހޭ މަހެއްކަން ފާހަގަކުރަމުން، އެހީ ޖަމިއްޔާއިން ވަނީ މިފަދަ އާއިލާއަކަށް އެހީތެރިވުމުގައި، ޢަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ބުނެފައެވެ. 

އެގޮތުން އެހީވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެ ޖަމިއްޔާއިން އެދެއެވެ. 

އެކައުންޓް ނަންބަރު : 7770000014819

އެކަައުންޓް ނަން: އެހީ ޖަމިއްޔާ

"އެހީ ވާނަން" ކެމްޕޭނަކީ ހާލުގައި އުޅޭ އާއިލާތަކަށް އެކި ފަންތީގެ ދާއިމީ އެހީތެރިކަން ފޯރުކޮށްދިނުމަށް މެދުނުކެނޑި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ކެމްޕޭނާ ގުޅޭ އިތުރު މަޢުލޫމާތު 7803433 ނަންބަރަށް ގުޅުމުން ލިބޭނެ ކަމަށް  އެ ޖަމިއްޔާއިން ބުނެއެވެ.

އެހީ ޖަމިއްޔާއިން ބުނީ، މިފަދަ އިންސާނީ އެހީތެރިކަމުގެ ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ލިބޭ ފައިސާގެ %12.5 ބޭނުންކުރެވޭނީ ހަރަކާތްތައް ރާވާ ހިންގުމުގެ އިދާރީ ޚަރަދުތަކަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.