ރޭ ފުލުހުން ހައްޔަރުކުރަން އުޅުނީ ދެ ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު ބިދޭސީއެއް

06 Jul 2019 | 17:11

ރޭގެ ވަގުތެއްގައި ފުލުުހުން ހިންގި އޮޕަރޭޝަނެއްގައި އަނިޔާކޮށްފައިވަނީ ބިދޭސީއަކަށްކަމަށް އެނގިއްޖެއެވެ.

ވޮއިސްއަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި ރޭ ފުލުހުން އެގެއަށް ވަދެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުުހުމަތުގައެވެ. އެގެއިން އަނިޔާކުރި ބިދޭސީމީހާ ވަނީ ފުލުހުންގެ ހައްޔަރުގައެވެ. އެމީހާގެ އަތުން ދެކިލޯގެ މަސްތުވާތަކެތި ފެނުނުކަމަށްވެއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުލަހެދުމުގައި ތިބި ދެ އޮފިސަރަކު މީހަކަށް އަނިޔާވާގޮތަށް ގެންގުޅުނު މަންޒަރު ދައްކުވައިދޭ ވީޑިޔޯއެއް ފެނިފައިވާކަމަށެވެ.

މި ދެ އޮފިސަރުން އެކަންކުރީ ކޯޓު އަމުރެއްގެ ދަށުން ވަތް މާފަންނު ގެއެއްގައިކަން ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ.

ނަމަވެސް އެފަރާތްތަކުގެ އަމަލަކީ ގަބޫލުކުރެވޭނެފަދަ އަމަލެއް ނޫންކަމަށާއި، އެކަމުގައި ހިމެނޭ އޮފިސަރުން ވަގުތުން ސަސްޕެންޑްކޮށް އެފަރާތްތަކުގެ މައްސަލަ ބަލާނެކަމަށް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯގައިވާ ގޮތުގައި ފުލުހުން ވަނީ އެމީހާ ބިންމަތީގައިވެސް އޮއްވާ އޭނާ ގައިގައި ޖަހައިވެސް ހަދާފައެވެ.

Advertisement

ކޮމެންޓް