އެޗްއާރުސީއެމް.. ފޮޓޯ: މޯލްޑިވްސް ޖާނަލް
ހަބަރު
21 Feb 2026 | 12:38
މިދިޔަ އަހަރުގެ ފަހު ހަމަސް ދުވަހުގެ ތެރޭގައި އެޗްއާރުސީއެމަށް 426 މައްސަލަ ހުށަހަޅައިފި

މިދިޔަ އަހަރުގެ ފަހު 6 މަސްދުވަހުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް 426 މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރުސީއެމުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފަހު ހަމަސްދުވަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 196 މައްސަލަ ތަހްގީގް ކުރުމަށް ނިންމިއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިހުރި މައްސަލަތަކާއެކު، 306 މައްސަލައެއް ވަނީ ނިމިފައެވެ.

އެޗްއާރުސީއެމުން 306 މައްސަލައެއް ބަލަމުންދާއިރު، މި މުއްދަތުގެ ތެރޭގައި ޕީޖީއަށް ވަނީ 1 މައްސަލަ ފޮނުވާފައެވެ. އެޗްއާރުސީއެމުން ބުނީ އެންޓި ޓޯޗާ ޤާނޫނުގެ ދަށުން މިދިޔަ އަހަރުގެ ފަހު ހަމަސްދުވަހުގެ ތެރޭގައި، އިންސާނީ ހައްޤުތަކާ ގުޅޭ 176 މައްސަލައެއް ބެލުމަށް ނިންމިއިރު، ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް 43 މައްސަލައެއް ހުށަހެޅި، އެހެން އިދާރާތަކަށް 20 މައްސަލައެއް ފޮނުވާކަމަށެވެ. އަދި 8 މައްސަލައެއް ވަނީ ނިމިފައެވެ.

އެޗްއާރުސީއެމުން ނެރެފައިވާ ވިސްލްބްލޯވާ ޔުނިޓްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓަށް ބަލާއިރު، އެ އަހަރުގެ ތެރޭގައި ޖުމްލަ 57 މައްސަލައެއް ހުށަހެޅުނުއިރު، 39 މައްސަލައެއް ވަނީ ބަލާ ނިންމާފައެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު މީގެ ތެރެއިން އެންމެގިނަ މައްސަލަތައް ހުށަހަޅާފައިވަނީ، އައިލެންޑް އޭވިއޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން ރައްޔިތުން މަޖލީހުގެ އިދާރާއިންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.