ވަޒީރު ރާފިޢު: ފޮޓޯ/ ޕީއެންސީ
ހަބަރު
23 Feb 2026 | 09:49
ސަރުކާރާ އިދިކީލަ ކައުންސިލެއް ހޮވައިގެން ގައުމަށް ކުރިއެރުން ގެންނަން ދަތިވާނެ: ރާފިޢު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރާ އިދިކީލަ ކައުންސިލެއް ހޮވައިގެން އެމަނިކުފާނުގެ ޕްލޭނާއި އެއްގޮތަށް ގައުމު ތަރައްގީކުރަން ދަތިވާނެ ކަމަށް ކުޅިވަރާ ބެހޭ އަބްދުالله ރާފިއު ވިދާޅުވެއްޖެ އެވެ. 

ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ ދިވެހި ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޔަނު ކުރެއްވީ އެމަނިކުފާނު ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ގޮތާއި ޕްލޭން ބަލައިގަންނާތީ ކަމަށެވެ. އަދި އެމަނިކުފާނު އަންނަނީ އެ ކަންްކަން ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވަމުން ކަމަށެެވެ.

އެމަނިކުފާނު އެގެންދަވަނީ އެކަންކަން ތަމްފީޒު ކުރައްވަމުން. އަޅުގަނޑުގެ ސުވާލަކީ މިހާރު އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެމުއައްސަސާތަކުން އަޅުގަނޑުމެންނަށް އެކަން ކުރުމަށް މަގުފަހި ނުވާ ގޮތަށް އަޅުގަނޑުމެން ކަންކަން ބައްޓަންކޮށްފިއްޔާ އޭރު އަޅުގަނޑުމެންބޭނުންވެގެން އެ އުޅުނު ކަންތައް އަޅުގަނޑުމެންނަށް ހާސިލު ކުރެވޭނެ ތޯ؟ ހަމަ ޔަގީނުންވެސް ވަރަށް ދަތިވާނެ.

ވަޒީރު ރާފިޢު

”އެކަން އަޅުގަނޑުމެންނަށް ކިރެވޭނީ އެ ފިކުރާއި އެ ޚިޔާލާއި، އެކަންކަން ކުރަން ބޭނުންވެގެން، އެކަންކަން ތަރުތީބު ކުރައްވާފައި އޮތް ގޮތް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިގެން، އެކަން ކުރުމަށްޓަކައި އެއްބާރުލުންދޭ ބަޔަކަށް އެބަވާންޖެހޭ މުވައްސަސާތަކުގައި ތިބި ބޭފުޅުން.“ ވަޒީރު އިތުރަށް ވިދާޅުވިއެވެ. 

ކަންމިހެން ހުރުމުން، ރައީސް މުޢިއްޒުގެ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް، މުވައްސަސާތަކަށް ހޮވާ ބޭފުޅުންނަކީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކަމުގައިވާންޖެހޭ ކަމަށް ރާފިޢު ވިދާޅުވިއެވެ. އެ ކެންޑިޑޭޓުންނަކީ ރައީސް މުޢިއްޒުގެ ޕްލޭން ތަންފީޒު ކުރައްވަން އެއްބާރުލުން ދެއްވާނެ ބައެއް ކަމުގައިވެސް ރާފިޢު ވިދާޅުވިއެވެ. 

އިދިކީލަ ކައުންސިލެއް އޮތް ނަމަ، މި ގައުމަށް ކުރިއެރުން ގެންނަން ކުރަންޖެހޭ ކަންކަން ކުރުމުގައި ދަތިކަން އިހްސާސް ވާނެ. 

ވަޒީރު ރާފިޢު

އެހެންކަމުން އެކަމާމެދު ވިސްނަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.