ޔުވެންޓަސް ކޮޅަށް ލަނޑުޖެހުމަށްފަހު ގަލަތަސަރާއީ ކުޅުންތެރިން..
ކުޅިވަރު
26 Feb 2026 | 09:53
ޔުވެންޓަސްގެ މައްޗަށް ކުރި ހޯދައި ގަލަތަސަރާއީ ޗެމްޕިއަންސްލީގް ގަދަ 16 އަށް

އިޓަލީގެ ޔުވެންޓަސްގެ މައްޗަށް ކުރި ހޯދުމަށްފަހު ޔުއެފާ ޗެމްޕިއަންސްލީގް ގަދަ 16 ގެ ޖާގައެއް ތުރުކިއޭގެ ގަލަތަސަރާއީ ހޯދައިފިއެވެ.

ޗެމްޕިއަންސްލީގް ނޮކްއައުޓް ސްޓޭޖް ޕްލޭ އޯފްގައި ރޭ ޔުވެންޓަސް އާއި ގަލަތަސަރާއީ ބައްދަލުކުރިމެޗް 3-2 ގެ ނަތީޖާއަކުން ޔުވެންޓަސް ކާމިޔާބުކުރި ނަމަވެސް، ގަދަ ސޯޅައިގެ ޖާގައެއް ގަލަތަސަރާއީ ހޯދީ ދެމެޗުގެ އެގްރިގޭޓް ނަތީޖާއަށް ބަލައި ކުރި ހޯދައިގެންނެވެ. 

ފުރަތަމަ ލެގްގައި މި ދެޓީމް ތުރުކީގައި ކުޅުނުމެޗް 5-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގަލަތަސަރާއީއެވެ. ދެމެޗްގެ ނަތީޖާއަށް ބަލައި އެޓީމަށް އަނެއް ބުރުގެ ޖާގަ ކަށަވަރުވީ 7-5 ގެ ނަތީޖާއިންނެވެ.

ގިނަ އަދަދެއްގެ ރީނދޫ ކާޑްތަކަކާއި އަދި ރަތްކާޑެއް ފެނިގެންދިޔަ މިމެޗްގައި ފެނިގެންދިޔަ ފުރަތަމަ ތިން ލަނޑުވެސް ޖަހާފައިވަނީ، ޔުވެންޓަސް އެވެ. އެއީ މެނިއެލް ލޮކަޓެލީ، ވެސްޓަން މެކެނީ، އަދި ފެޑެރިކޯ ކާމިޔާބުކޮށްދިން ލަނޑުތަކުންނެވެ. މެޗްގައި ގަލަތަސަރާއީގެ ލަނޑުތައް ފެނިގެން ގޮސްފައިވަނީ، އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައެވެ. ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ، ވިކްޓަރ އޮސިމޭން އެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަރިސް ޔިލްމާޒް އެވެ.

ޗެމްޕިއަންސްލީގް ގަދަ 16 ގައި ގަލަތަސަރާއީ ބައްދަލުކުރާނީ އިނގިރޭސިވިލާތުގެ ލިވަޕޫލް ނުވަތަ ސްޕާސް އާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.