ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން
ހަބަރު
28 Feb 2026 | 00:00
ދަރަވަންދޫއާ ގުޅޭގޮތުން ފެތުރެނީ ސައްހަ ވާހަކަތަކެއް ނޫން: ވަޒީރުން

ބ. ދަރަވަންދޫ ހިއްކަން ނިންމާފައިވާ ކަމަށާ އެއާޕޯޓްގެ ތަރައްގީއަށް މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

ހަނިފަރަށް ގެއްލުންވާނެ ގޮތަށް ދަރަވަންދޫ ބިންހިއްކަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

ދަރަވަންދޫ ފަޅުން ބައެއް ހިއްކުމުގެ ޕްލޭނެއްގެ މަސައްކަތް މިދިޔަ އަަހަރު ކުރިނަމަވެސް ބިން ހިއްކުމުގެ އެއްވެސް މަޝްރޫޢުއެއް ކުރިއަށް ގެންދަން ރަސްމީކޮށް ނިންމާފައިނުވާ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާނަމަ އެކަން ކައުންސިލަށް ހިއްސާކުރާނެ ކަމަށެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން މިރޭ ވިދާޅުވި ގޮތުގައި ދަރަވަންދޫ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެއާޕޯޓުން ދޭ ހިދުމަތްތައް ރަނގަޅުކޮށް ވަސީލަތްތައް ރަނގަޅުކޮށް ޒަމާނީ ކުރުމުގެ މަސައްކަތް ކުރާން ވަނީ ނިންމާފަ އެވެ.

ދަރަވަންދޫ އެއާޕޯޓަކީ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ. ނަމަވެސް އެއާޕޯޓްގެ ތަރައްގީއަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.

މި ސަރުކާރުން ވަނީ ދަރަވަންދޫ އެއާޕޯޓް ތަރައްގީކޮށް ދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ޕީއެންސީގެ މެމްބަރުންގެ އަދަދު 71،000 އަށް އަރައިފި
މި އަދަދަށް މެމްބަރުން އިތުރުވި މައިގަނޑު ސަބަބަކީ ސަރުކާރާމެދު ރައްޔިތުންގެ އޮތް އިތުބާރުކަމަށް މުންދު ވިދާޅުވިއެވެ.
26 Aug 2026
ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކުން ކުށަކަށް ހަދާ ބިލު މަޖިލީހުން ފާސްކޮށްފި
އެމްއެމްއޭގެ ރޭޓަށްވުރެ މަތިން ބޭރު ފައިސާ ވިއްކުމާއި އިސްތިހާރުކުރުން ޖިނާއީ ކުށަކަށް ހަދާ ބިލު 47 މެންބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
26 Aug 2026
ކައުންސިލްތަކުގެ އިހްތިސާސްގައި ހުންނަ ބިންތައް ސަރުކާރަށް ނެގޭ އިސްލާހް ފާސްކޮށްފި
މަޖިލީހުގައި ނެގުނު ވޯޓުގައި 47 މެމްބަރަކު ވަނީ ބިލް ފާސްކުރަން ވޯޓުދީފައެވެ. މި ބިލަށް ވޯޓު ނުދެނީ އެމްޑީޕީއަށް ނިސްބަތްވާ 11 މެމްބަރުންނެވެ.
26 Aug 2026
މަންފާ ޤުރުއާން ކޭމްޕް މަހިބަދޫގައި ފަށައިފި
މަންފާ އެކަޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ރާއްޖޭގެ ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ "މަންފާ ޤުރުއާން ކޭމްޕް" ގެ ފުރަތަމަ ކޭމްޕް އދ. މަހިބަދޫގައި ފަށައިފިއެވެ.
26 Aug 2026
ޝައްމޫން ހަމީދު އެޗްއާރުސީއެމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
26 Aug 2026
ރިސޯޓްތަކަށް ލިބޭ އާމްދަނީގެ %40 ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ އިސްލާހް ފާސްކޮށްފި
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ލާޒިމްވާ ގޮތަށް ޤާނޫނަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
26 Aug 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 14 ކުދިން މަރުވެއްޖެ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ މައި ހޮސްޕިޓަލެއްގެ ނާސަރީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އަލަށް އުފަންވި މަދުވެގެން 14 ކުދިން މަރުވެއްޖެއެވެ.
26 Aug 2026
ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން ސަރުކާރުން މަރުޙަބާ ލ
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ސީރިއާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި، މި ކާމިޔާބީއަށްޓަކައި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުން ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. އަދި ސީރިއާގެ ރައްޔިތުންނަށް އަމަންއަމާންކަމާއި، ހަމަޖެހުމާއި، ފާގަތިކަމަށް އެދި ދިވެހިރާއްޖެއިން ވަނީ ހެޔޮއެދުންތައް ފޮނުވާފައެވެ.