އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
ދުނިޔެ
01 Mar 2026 | 02:58
ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް ޓްރަމްޕް އިއުލާނު ކޮށްފި

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކޮށްފި އެވެ.

ޓްރަމްޕް ވަނީ އެކަން އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ގައި އާންމުކުރި ސްޓޭޓްމަންޓެއްގައި އިއުލާނުކޮށްފަ އެވެ. އެ ސްޓޭޓްމަންޓް ގައި ހާމަނާއީ އަވަހާރަކޮށްލެވުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް ބުނެފައިވެ އެވެ. އަދި އެއީ އީރާންގެ ރައްޔިތުންނަށް ލިބުނު ނަސްރެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރަމްޕްގެ އިތުރުން އޭނާގެ މަދަދުގާރު އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވެސް ވަނީ ހާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.

އިޒްރޭލްގެ މީޑިއާތަކުން ބުނާ ގޮތުން ހާމަނާއީ އަވަހާރަކޮށްލީ އެމަނިކުފާނުގެ ގަނޑުވަރުކޮޅަށް މިއަދު ދިން ހަމަލާތަކުގަ އެވެ. ނަމަވެސް އީރާންގެ މީޑިއާތަކުން ބުނާ ގޮތުގައި ހަމަލާދިން ވަގުތު ހާމަނާއީ ގަނޑުވަރުކޮޅުގައި ވަޑައިގެންނެތެވެ. 

ހާމަނާއީގެ ހަށިކޮޅުގެ ފޮޓޯތަކެއް ޓްރަމްޕާއި ނަތަންޔާހޫއަށް ލިބިފައިވާ ކަމަށާ ހާމަނާއީ އަވަހާރަކޮށްލެވިއްޖެކަމަށް އިއުލާނުކުރީ އޭގެ ފަހުން ކަމަށް ވެސް އިޒްރޭލްގެ މީޑިއާތަކުން ބުނެ އެވެ.

ނަމަވެސް އީރާންގެ މީޑިއާތަކުން މިރޭ ވެސް ވަނީ ހާމަނާއީ އަވަހާރަކޮށްލަން ދިން ހަމަލާ ނާކާމިޔާބުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ހާމަނާއީ ސަލާމަތުން ހުންނެވި ކަމަށާ އިރާންގެ ހުރިހާ ހަމަލާތަކެއް ރޭވެމުން ދަނީ ހާމަނާއީ ފުރިހަމަ އިރުޝާދުގެ ދަށުން ކަމަށް ހާމަކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.