ޚާމަނާއި
ދުނިޔެ
01 Mar 2026 | 10:01
ޚާމަނާއީ އަވަހާރަކޮށްލާފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އީރާނުގެ ރޫޙާނީ އިސްލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާކަން އެގައުމުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފިއެވެ. ޚާމަނާއި އަވަހާރަވީ އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ތެރެއިންނެވެ.

އީރާނުގެ ފާރްސް އަދި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚާމަނާއީ އަވަހާރަވީ އިއްޔެގެ އިރާކޮޅު ވަގުތެއްގައި އޮފީހުގައި ރަސްމީ މަސައްކަތްޕުޅުގައި ހުންނަވަނިކޮށް ދިން ޙަމަލާއެއްގައެވެ. މި ޙަމަލާގައި ޚާމަނާއީގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުން އަދި ކާފަދަރިކަލުންވެސް ވަނީ އަވަހާރަވެފައެވެ.

މި ހާދިސާއާ ގުޅިގެން އީރާނުގެ ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ 40 ދުވަސް އިޢުލާންކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިސްރާއިލުން މީގެ ކުރިން ވަނީ،  އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީ އާއި އީރާނުގެ އެހެން ބައެއް ލީޑަރުން އަވަހާރަކޮށްލާފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް، އީރާނުން އޭރު އެކަން ދޮގު ކުރި އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް "މޭޖަރ ކޮމްބެޓް އޮޕަރޭޝަންސް" ނުވަތަ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ. އިޒްރޭލުން ހޮނިހިރު ދުވަހު ދޭން ފެށި މިސައިލް ޙަމަލާތަކަށްފަހު ޓްރަމްޕް ބުނީ، އެމެރިކާގެ މަގްސަދުތައް ހާސިލްވަންދެން، ކުރިއަށް އޮތް ހަފްތާގައިވެސް ނުވަތަ ބޭނުންވާ މުއްދަތަކަށް މެދުނުކެނޑި ބޮން އެޅުން ކުރިއަށް ގެންދާނެ ކަމަށެވެ.

މި ޙަމަލާތަކުގެ ސަބަބުން އީރާނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި، އެގައުމުގެ ދެކުނުގެ ސްކޫލަކަށް ދިން ޙަމަލާއެއްގައި އެކަނިވެސް މަދުވެގެން 108 މީހުން ވަނީ މަރުވެފައެވެ. އަދި އީރާނުގެ 24 ޕްރޮވިންސަކުން ޖުމްލަ 201 އަށްވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުން ދަނީ މި ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލަށާއި، މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދެމުންނެވެ. އީރާނުގެ ޙަމަލާތައް އަމާޒުވެފައިވާ ގައުމުތަކުގެ ތެރޭގައި ގަތަރު، ޔޫއޭއީ، ކުވެއިތު، ބަހްރެއިން، އުރުދުން، ސައުދީ އަރަބިއްޔާ އަދި އިރާގު ހިމެނެއެވެ.

1989 ވަނަ އަހަރުން ފެށިގެން އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނެވި ޚާމަނާއީއަކީ އެ ގައުމުގެ ސަރުކާރާ، އަސްކަރިއްޔާ އަދި ޝަރުއީ ދާއިރާގެ މައްޗަށް އެންމެ ފަހުބަސް ވިދާޅުވާ ފަރާތެވެ.

ކޮމެންޓް
އަލް އުސްތާޒް
އާޔަތުﷲ އަލީ ހާމަނާއީ އަކީ ޝިރުކުވެރިޔެއްކަން މީހުން ގަބޫލުކުރާ ހިސާބައް ވަނީ އޭނާގެ ކަންކަން ގޮސް މައްޗައް އަރާފަ އެމެރިކާ އަދި އިޒްރޭލުން ވެސް މަރާނެ ދޯ އެހެންވީމަ ތިކަހަލަ ކިތައް ލީޑަރުން އުފެދިއްޖެ
01 Mar 2026
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.