އިރާނުން ދިން ހަމަލާއެއް
ދުނިޔެ
01 Mar 2026 | 10:58
ބަދަލުހިފުމުގެ ގޮތުން މިސައިލްތައް އޮއްސާލާނެ ކަމަށް އީރާނުން ބުނެފި

އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އާއި ސަލާމަތީ ބާރުތަކުގެ އިސްވެރިން އަވަހާރަކޮށްލުމާ ގުޅިގެން، އޭގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލާއި އެމެރިކާގެ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް އޮއްސާލާނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ.

އެމެރިކާއާއި އިސްރާއިލު ގުޅިގެން އިރާނަށް ދެމުންދާ ހަމަލާތަކުގައި ޚާމަނާއީގެ އިތުރުން، އެމަނިކުފާނުގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުން އަދި ކާފަދަރިކަލުން ވެސް ވަނީ އަވަހާރަވެފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގައުމުގެ 24 ޕްރޮވިންސަކަށް ދެވުނު މި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 201 މީހުން ވަނީ މަރުވެފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނީ ބަދަލުހިފުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މެދުއިރުމަތީގައި އެމެރިކާ ސިފައިން ތިބޭ 27 ބޭހަކަށާއި، އިޒްރޭލުގެ ތަލް އަވީވްގައި ހުރި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާ ދޭންފަށާފައިވާ ކަމަށް އީރާނުން ބުނެއެވެ. މި ހަމަލާތަކުގެ އަސަރު ގަތަރާއި ޔޫއޭއީއަށް ވެސް ކުރަމުންދާއިރު، އެ ގައުމުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ރައްދު ހަމަލާތައް އަމާޒުވެފައިވަނީ އިޒްރޭލުގެ އިތުރުން ގަތަރު، ޔޫއޭއީ، ކުވެއިތު، ބަހްރޭން، އުރުދުން، ސައުދީ އަރަބިއްޔާ އަދި އިރާގުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށެވެ. މަސްރަހު ގޯސްވުމާ ގުޅިގެން ސަރަހައްދުގެ ގިނަ ގައުމުތަކަކުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

އީރާނުގެ އިންޒާރާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. ޓްރަމްޕް ބުނީ، އީރާނުން މިއަދު އެއްވެސް ވަރުގަދަ ހަމަލާއެއް ދީފިނަމަ، މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ވަރުގަދަ ބާރަކާއެކު އީރާނަށް ހަމަލާދޭނެ ކަމަށެވެ.

ގައުމުގެ އެންމެ މަތީ ލީޑަރު އަވަހާރަވުމާ ގުޅިގެން، އީރާނުގެ ސަރުކާރުން ބުނެފައިވަނީ އާ ލީޑަރަކު އިންތިޚާބު ކުރެވެންދެން ގައުމު ހިންގާނީ ރައީސް މަސްއޫދު ޕެޒެޝްކިއަން ހިމެނިވަޑައިގަންނަވާ ވަގުތީ ކައުންސިލަކުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.