އީރާންގެ ކުރީގެ ރައީސް އަހްމަދީނީޖާދު --
ދުނިޔެ
01 Mar 2026 | 21:06
ހުޅަނގާއި ދެކޮޅު ވަރުގަދަ ލީޑަރު އަހްމަދީނީޖާދު ވެސް އަވަހާރަކޮށްލައިފި

އީރާންގެ ކުރީގެ ރައީސް އަހްމަދީނީޖާދު ވެސް އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލާއި އެމެރިކާގެ އިސް ފަރާތްތަކާއި ހަވާލާދީ ބައިނަަލްއަގްވާމީ ބޮޑެތި ބައެއް ނޫސްތަކުން ބުނެފި އެވެ.

2005 ވަނަ އަހަރުން 2013 ވަނަ އަހަރަށް އީރާންގެ ރައީސްކަން ކުރައްވާފައިވާ އަހްމަދީނީޖާދަކީ އެ ގައުމުގެ އެންމެ އިސްވެރީންނާއި މިހާރު މާ ގާތްގުޅެއް ނެތް ބޭފުޅެއް ނަމަވެސް އެއީ އެމެރިކާއާ އިޒްރޭލުން ނައްތާލަން ބޭނުންވާ ބޭފުޅުންގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި އީރާންގެ ލީޑަރު ހާމަނާއީ އަވަހާރަކޮށްލަން ހަމަލާދިންއިރު އަހްމަދީނީޖާދު އަވަހާރަކޮށްލަން ވެސް ވަނީ ވަރުގަދަ ހަމަލާތަކެއްް ދީފަ އެވެ. އަހްމަދީނީޖާދު އަވަހާރަކޮށްލީ އެމަނިކުފާނުގެ ގެކޮޅަށް ދިން ހަމަލާތަކެއްގަ އެވެ. އެ ހަމަލާގައި ބޮޑީގާޑުންތަކެއް ވެސް ނިޔާވެފައިވެ އެވެ.

އަހްމަދީނީޖާދަކީ އިސްލާމީ އުންމަތުގެ ދިފާއުގައި އަދި ހުޅަނގުން ގެންގުޅޭ ދެފުށްދެގޮތް މުނާފިގު ސިޔާސަތުތަކަށް ވަރަށް ފާޅުގައި ދެކޮޅު ހެއްދެވި ހިތްވަރު ގަދަ ލީޑަރެވެ. އިރާންގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ވެސް ބޭފުޅެކެވެ.

އީރާންގެ ލީޑަރު ހާމަނާއީ އަވަހާރަވެފައިވާ މިދަނޑިވަޅު ކުރީގެ ރައީސް ހްމަދީނީޖާދުވެސް އަވަހާރަވެފައިވާކަން ހާމަވުމަކީ އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ހިތާމަ އިތުރަށް ފުންކުރުވި ކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.