ފްލައިޓް ކެންސަލްވި ފަތުރުވެރިއަކު ވީއައިއޭގައި..
ހަބަރު
02 Mar 2026 | 12:15
ފްލައިޓް ކެންސަލް ވެގެން ނުފުރުނު ފަތުރުވެރިންގެ ވިސާ އިތުރުކޮށްދެނީ

ގަލްފް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ފްލައިޓްތައް ކެންސަލްވި ފަތުރުވެރިންގެ ވިސާ އިތުރުކޮށްދިނުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ މެދުއިރުމަތީގައި މިމަހުގެ 28 ވަނަ ދުވަހު ފެށުނު ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އަރައި ބައެއް ފްލައިޓްތައް ކެންސަލްވެފައިވާކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި މިވަގުތު ތިބި ބައެއް ފަތުރުވެރިންނަށް ވިސާ ހަމަވުމުގެ ކުރިން ފުރޭނެ އިންތިޒާމު ހަމަޖެހިފައި ނެތުމުން އެފަރާތްތަކުގެ ޓޫރިސްޓް ވިސާ އިތުރުކޮށް ދިނުމަށް ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން މިގޮތަށް ނިންމުމުން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެކަމަށް މަރުހަބާކިޔައި މިއީ މި ދަނޑިވަޅުގައި އެފަރާތްތަކަށާއި ފަތުރުވެރިންނަށްވެސް ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަ ޖެހުމެއްކަން ފާހަގަކޮށްފައެވެ.

އެމެރިކާ އަދި އިސްރާއީލުން އިސްވެ އީރާނަށް ދިން ހަމަލާތަކާއެކު އީރާނުން ވަނީ އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ ތަންތަނަށް ހަމަލާދީފައެވެ. އެއާއެކު އެ ޤައުމުތަކުން ވަނީ ވައިގެ ދަތުރުތައް މެދުކަނޑާލާފައެވެ. އަދި ސައުދީ ފިޔަވައި ޤަތަރު، ދުބާއީ ފަދަ ޤައުމުތަކުން ވަނީ ވައިގެ ސަރަހައްދުވެސް ބަންދުކޮށްފައެވެ. އެއާއެކު މެދުއިރުމައްޗަށް ކުރަމުން އައި ދަތުރުތައް ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް އަންނަނީ މެދުއިރުމަތި ރޫޓުންނެވެ. މެދުއިރުމަތީގެ ފްލައިޓްތައް ކެންސަލް ވުމުގެ ސަބަބުން ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން މިހާރުވެސް ނުފުރިފައި އެބަތިއްބެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.