އަވަހާރަކޮށްލާފައިވާ އީރާންގެ ލީޑަރު ޚާމަނާއީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް --
ހަބަރު
02 Mar 2026 | 22:41
ޚާމަނާއީ އަވަހާރަކޮށްލުން ކުށްވެރިކުރަން, ދުއާއަކީ އީރާނަށް ބާރު ދެއްވުން: މައުމޫން

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުން އެންމެ ހަރުއަޑުން ކުށްވެރިކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ހާމަކުރައްވާފަ އެވެ. އިނގިރޭސިބަހުން ކުރެއްވި ޕޯސްޓްގައި ރައީސް މައުމޫން ވިދާޅުވީ އިޚްލާސްތެރި މުސްލިމެއްގެ ހައިސިއްޔަތުން އެ އަނިޔާވެރި އަމަލު އެމަނިކުފާނު ކުށްވެރި ކުރާ ކަމަށެވެ. އަދި ފުން ހިތާމަވެރި މި ވަގުތުގައި ޚާމަނާއީގެ ފުރާނަފުޅަށް ރަޙްމަތްލައްވައި އާއިލާއާ އީރާންގެ ރައްޔިތުންނަށް ބާރު ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

ރައީސް މައުމޫނަކީ އަރަބި އިސްލާމީ ގައުމުތަކާއި ވަރަށް ޚާއްސަ އެހާމެ ގާތްގުޅުމެއް ބޭއްވެވި ލީޑަރެކެވެ. އެމަނިކުފާނަކީ އިސްލާމީ ދުނިޔޭގައި ވަރަށް މަގުބޫލު ލީޑަރެއްވެސް މެ އެވެ. މުސްލިމު / އަރަބި ގައުމުތަކަށް ކުރިމަތިވާ މިފަދަ ކޮންމެ ކަމެއްގައި އެމަނިކުފާނު ބަސްފުޅު ވިދާޅުވެ އެވެ.

ވެރިކަމުގެ 30 އަހަރުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ އިސްލާމީ ގައުމުތަކާއި އޮންނަ ގުޅުން ހަރުދަނާ ކުރެއްވުމަށެވެ. އަދި އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ އެކަމަށް ބާރުއެޅުއްވި އެވެ.

އީރާނަށް ތަފާތު ތުހުމަތުތައް އަމާޒުކުރުމަށް ކުއްލި ގޮތަކަށް ހަނގުރާމަ ފަށާ އެމެރިކާއާ އިޒްރޭލު ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނީ މީގެ ދެ ދުވަސްކުރީންނެވެ. ފުރަތަމަ ވެސް ހަމަލާތައް އަމާޒު ކުރީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލެވުމަށެވެ. ކަން ދިމާކުރި ގޮތުން އެ ހަމަލާތައް ކާމިޔާބުވި އެވެ.

އީރާންގެ ލީޑަރުން ވިދާޅުވާ ގޮތުގައި ހަމަލާ އަމާޒުވާނެ ކަން ޔަގީން ކުރެވޭތީ ރައްކާތެރި ތަނަކަށް ބަދަލުވެވަވަޑައިގަތުމަށް އެމަނިކުފާނަށް ތަކުރާރުކޮށް ދެންނެވި އެވެ. ނަމަވެސް އީރާންގެ 96 މިލިއަން ރައްޔިތުންނަށް ނެތް ރައްކާތެރި ކަމެއް ހޯއްދަަވަން ޚާމަނާއީ ދެކޮޅު ހެއްދެވީ އެެވެ. އެހެން ކަމުން ރަސްމީ މަސައްކަތްޕުޅުގައި އެމަނިކުފާނުގެ އޮފީސްކޮޅުގައި އިންނެވީ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.