ބ.އަތޮޅު ގޮއިދޫ... ފޮޓޯ: ވޮއިސް
ހަބަރު
03 Mar 2026 | 14:45
ބ.ގޮއިދޫ ދަނޑުތަކުގައި ކެމިކަލް ބޭނުންކުރުމާއި، ކެންސަރާ ގުޅުމެއްވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށް


ބ.ގޮއިދޫ ދަނޑުތަކުގައި ޕެސްޓިސައިޑްގެ ހާލަތު އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު  ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ބ.ގޮއިދޫގައި ކެންސަރު ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ، އެރަށު ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ މިންވަރު ބެލުމަށް އިންސްޕެކްޝަނެއް ހިންގައިދިނުމަށް ގޮއިދޫ ރައްޔިތަކު ވަނީ އެކަން ސަރުކާރުގެ ކަމާ ބެހޭ އިދާރާއަށް ހުށަހަޅާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު މާރިއާ ވިދާޅުވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެކަމާ ގުޅޭގޮތުން ކުރަންޖެހޭ ޓެސްތްތަކާއި ރީސާޗްތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ .. ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވީ އެކަމުގައި ސަރުކާރުގެ ފަރާތުން އެމްއެފްޑީއޭއަށް ދޭންޖެހޭ އެއްބާރުލުން ދެމުންދާކަމަށާއި، އުއްމީދަކީ އެކަމުގައި އަވަސް ހައްލެއް ލިބިގެންދިއުންކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޕެސްޓިސައިޑް ޤާނޫނެއް އޮތްނަމަވެސް އެކަމާ ގުޅޭގޮތުން އަދި އެއްވެސް ޕޮލިސީއެއް ހެދިފައިނުވާކަމަށެވެ.

އަޅުގަނޑުމެން މިދިޔަ އަހަރު ވަނީ ޕޮލިސީއެެއް ހަދަން ފަށާފައި. އިރާދަކުރެއްވިއްޔާ މި ޕޮލިސީ ވަރަށް އަވަހަށް ތަންފީޒުވެގެންދާނެ

ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ 

ގޮއިދޫގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެރަށު ރައްޔިތެއްކަމަށްވާ ޝަހްލާ ވަޖީހު ވަނީ ދަނޑުވެރިކަމާބެހޭ މިނިސްޓްރީ އަށާއި، ހެލްތް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި އޭނާ ބުނެފައިވަނީ މިދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ކެންސަރުޖެހިގެން ގޮއިދޫއިން 5 މީހަކު ނިޔާވެފައިވާކަމަށެވެ. އެހެންކަމުން ކެންސަރު ބައްޔާއި އެރަށު ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމާ އެއްވެސް ގުޅުމެއް ވޭތޯ ބަލައިދިނުމަށް އެދޭކަމަށެވެ. 

ގޮއިދޫ ދަނޑެއްގައި އިންދާފައިހުރި މިރުސްގަހެއްގައި މިރުސް އަޅާފައި.... ފޮޓޯ؛ ވޮއިސް

އޭނާގެ ސިޓީގައި ވަނީ ގޮއިދޫއިން ދަނޑުހެއްދުމަށް ބިންތައް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން 95 އިންސައްތަ ބިން ބިދޭސީންގެ އަތްމައްޗަށް ދަނޑުވެރިކަންކުރުމަށް ދޫކޮށްލާފައިވާކަމަށެވެ. އެހެންކަމުން ދަނޑުތަކުގައި ހައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކަކީ ޕެސްޓިސައިޑުން ފަދަ ކެމިކަލް އެކުލެވޭ ބާވަތްތަކުން ތަޣައްޔަރުވެފައިވާ ތަކެތި ކަމަށްވެސް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ފެންމަތިވެފައިވަނިކޮށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އޭރު ވަނީ ދަނޑުވެރިކަން ކުރުމުގައި ޕެސްޓިސައިޑް ގަވާއިދާ ހިލާފަށް ބޭނުންކުރާކަން ފާހަގަވާކަމަށްބުނެ ބަޔާނެއްވެސް ނެރެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.