ތައުލީމާއި ހުނަރުވެރިކަން ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
04 Mar 2026 | 11:36
ވަކި މުއްދަތެއް ނެތް ގޮތަށް މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވައިލަނީ

މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު، ވަކި މުއްދަތެއް ނުވަތަ ޑެޑްލައިނެއް ނެތި ހުޅުވާލަން ނިންމަވާަފައިވާކަމަށް މަތީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މި އަހަރުގެ ޖަނަވަރީ އަދި ފެބްރުއަރީ މަހު އެކަނިވެސް 759 ފަރާތަކަށް ދޫކުރެވިފައިވާ ކަމަށެވެ. އަދި އިތުރު 232 ދަރިވަރުން ކިޔަވާ ކަމުގެ ލިޔުން ލިބުމުން މިމަހު  ފައިސާ ދެއްކޭނެ ކަމަށްވެސް ވިދާޅުވިއެވެ. 

އަދި މި އަހަރު ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ކުރަންޖެހޭ ކަންކަންވެސް ކުރިއަށްދާކަމަށާ، ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަަކުގެ ފެންވަރު ރަނގަޅުކުރުމަށް މި އަހަރުން ފެށިގެން ލޯނު ސްކީމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވުއެވެ.

"މިފަހަރު އަލަށް ލޯނަށް ހުޅުވާލާއިރު އެޕްލިކޭޝަން ޑެޑްލައިނެއް ނުބާއްވަައި މުޅި އަހަރަށް ލޯނަށް ހުށަހެޅުމުގެ ފުރުސަަތު ހުޅުވާލާފައި އޮންނާނެ. މިހާތަނަށް ލޯނަށް އެދުމަށް ވަކި މުއްދަތެއް ކަނޑައަޅާފަައި އޮތުމުން އެ މުއްދަތުގެ ތެރޭގައި ލޯނަށް އެދުމަށް ދަރިވަރުންނަށް ދަތިވޭ. އަދި ލޯނަށް އެދުމުގެ ފުރުސަތު ގެއްލޭ ގޮތް ދިމާވެފައިވާކަން ފާހަގަކުރެވޭ،" 

މަތީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ލ

އެހެންކަމުން އައު ބަދަލާއެކު ލޯނަށް އެދެން ބޭނުންވާ ދަރިވަރުންނަށް ބޮޑެތި ލުއި ތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވުއެވެ.

”މި ބަދަލާއެކު ދަރިވަރުން ލޯނަށް އެދެންވާނީ ކިޔަވަންދާން ތައްޔާރުވެގެން. އެގޮތުން ލޯނު ހޯދަން އެދޭއިރު ހުށަހަޅަންވާ ލިޔުންތައްވެސް ތަފާތު ވާނެ. އޭގެ ތެރޭގައި، ޕްލޭސްމެންޓެއް ހޯދުމާއި، އަދި އެމްކިއުއޭއިން ހޯދަންޖެހޭ ލިޔެކިޔުންތައްވެސް ހިމެނޭ. އަދި ފީ ސްޓްރަކްޗާއެއް ލޯނަށް ހުށަހަޅާއިރު ހޯދާލާފައި ބެހެއްޓުމަކީ މަސައްކަތް އަވަސް ކުރުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް.“

މަތީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު

އެމްކިއުއޭގެ ލިޔުން ހޯދަނީ ދަރިވަރު ފުރިހަމަކުރަން ބޭނުންވާ ޕްރޮގުރާމަކީ އެމްކިއުއޭގެ މިންގަނޑުތަކަށް ފެތޭ ޕްރޮގުރާމެއްކަން ކަށަވަރުކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކިޔަވާ ދާއިރާއަކީ މަސައްކަތްކުރުމަށް ރެގިއުލޭޓަރީ އިދާރާއަކުން ލައިސެންސެއް ނުވަތަ ހުއްދައެއް ހޯދަންޖެހޭ ދާއިރާއެއް ކަމަށްވާނަމަ ލޯނަށް އެދޭއިރު ދަރިވަރުން ކިޔަވަންދާ ޕްރޮގުރާމަކީ އެ ރެގިއުލޭޓަރީ އިދާރާއަކުން ގަބޫލުކުރާ ކޯހެއް ނުވަތަ ޕްރޮގުރާމެއްކަން އެނގޭނެ ލިޔުމެއްވެސް ހުށަހަޅަން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

”މިފެށޭ ބަންދުތައް ނިމުމަށްފަހު ފެށޭ ހަފުތާގައި ލޯނު ސްކީމު ހުޅުވައިލެވޭނެ. އެހެންކަމުން، ލޯނަށް އެދެން ބޭނުންވާ ދަރުވަރުން، އިސްވެ ދެންންވި ހުރިހާ ލިޔުމެއް ތައްޔާރުކޮށްގެން ތިބުމަށް. ފުރިހަމަ އެޕްލިކޭޝަނެއް ހުށަހަޅާ ދަރިވަރުންނަށް އިރާދަކުރެއްވިއްޔާ ލޯނު ހަމަޖެހުން އެހެން އަހަރު ތަކާ އަޅާބަލާއިރު އަވަސް ވާނެ.“

މަތީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު

ނިމިދިޔަ އަހަރުގައި ރައީސުލްޖުމްހޫރިއއްޔާ މުޙައްމަދު މުޢިއްޒު ވަނީ، ދަރިވަރުންނަށް ދޫކޮށްފައިވާ ހުރިހާ ލޯނުތަކާއި ކުރިއަށް އޮތް ތަނުގައި ދޫކުރާ ހުރިހާ ލޯނަކީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށް ހެއްދެވުމަށް ނިންމަވާފައެވެ. އެހެންކަމުން މިހާރު ލޯނު އަނބުރާ ދައްކާއިރު އެއްވެސް ސާވިސް ޗާޖެއް ނުނަގާ ގޮތަށް ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.