އަންހެނަކު ފިރިހެނަކަށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ މަންޒަރެއް.. ފޮޓޯ: އޭއައި
ހަބަރު
05 Mar 2026 | 21:29
ހުރިހާ އުމުރުފުރައަކަށް ބެލިނަމަވެސް އެންމެގިނައިން ގެއްލެނީ ފިރިހެނުންގެ ހައްޤު: އެޗްއާރުސީއެމް

ހުރިހާ އުމުރުފުރައަކަށް ބެލިނަމަވެސް އެންމެގިނައިން ގެއްލެނީ ފިރިހެނުންނަށް ލިބެންޖެހޭ ހައްޤުތައްކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފިއެވެ.

އެޗްއާރުސީއެމުން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާގޮތުން މިދިޔަ އަހަރު އެންމެގިނައިން ހުށަހަޅާފައިވަނީ ފިރިހެނުންގެ ހައްޤުތައް ގެއްލިގެންނެވެ. ކޮމިޝަނުން ނެރެފައިވާ ރިޕޯޓަށް ބަލާއިރު އަންހެނުންނާ އަޅާބަލާއިރު ފިރިހެނުންގެ ހައްޤުތައް ގެއްލިގެން ރެކޯޑް މިންވަރަކަށް މައްސަލަ ހުށަހަޅާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހުރިހާ އުމުރުފުރައަކުންވެސް ފިރިހެނުންގެ ހައްޤުތައް ގެއްލިގެން ހުށަހަޅާފައިވާ މިންވަރު އިތުރުކަން ފާހަގަކޮށްލެވެއެވެ.

ރިޕޯޓަށް ބަލައިރު އެންމެގިނައިން ހައްޤުތައް ގެއްލިގެން ހުށަހަޅާފައިވަނީ 18 އަހަރާއި 65 އަހަރުގެ އުމުރުފުރައިންނެވެ. އެގޮތުން އެ އުމުރުފުރައިން ހައްޤު ގެއްލުނު ފިރިހެނުންގެ އަދަދު 394 ގައި އުޅޭއިރު، އެ އުމުރުފުރައިން ހައްޤު ގެއްލުނު އަންހެނުންގެ އަދަދަކީ 36 އެކެވެ. 

މައުލޫމާތު: އެޗްއާރުސީއެމްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ބަލާ ބައެއް މައްސަލަތަކުގައި އެކަކަށްވުރެ ގިނަ މީހުންގެ ހައްޤުތައްވެސް ގެއްލިފައިހުންނަކަން ފާހަގަކޮށްލެވޭ ކަމަށެވެ. ހައްޤު ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލައިރު، އެންމެގިނަ މައްސަލަތައް ހުށަހަޅާފައިވަނީ ކ.އަތޮޅުންނެވެ. އެއަށްފަހު ދެން އެންމެގިނައިން މައްސަލަ ހުށަހަޅާފައިވަނީ މާލެ ސަރަހައްދުންނެވެ. ކ.އަތޮޅުން 232 މައްސަލަ ހުށަހަޅާފައިވާއިރު، މާލެ ސަރަހައްދުން 129 މައްސަލަ ވަނީ ހުށަހަޅާފައެވެ.

އެޗްއާރުސީއެމުން މިދިޔަ އަހަރު ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ވަޑައިގެން ހުށަހެޅި 2023 އަދި 2024 ވަނަ އަހަރުގެ އެންޓި-ޓޯޗަރ ރިޕޯޓުތަކުގައިވެސް ވަނީ އަހަރުން އަހަރަށް އަނިޔާ ލިބޭ ފިރިހެނުންގެ އަދަދު ހުރިހާ އުމުރު ފުރައަކުންވެސް އިތުރުވަމުން އަންނަކަން ފާހަގަކޮށްފައެވެ.

އެޗްއާރުސީއެމުން ނެރެފައިވާ 2024 ވަނަ އަހަރުގެ ރިޕޯޓަށް ބަލާއިރު، ހައްގުތައް ގެއްލިގެން އެންމެގިނައިން ރިޕޯޓްކޮށްފައިވަނީވެސް ފިރިހެނުންނެވެ. އެގޮތުން ހައްގުތައް ގެއްލިގެން 40 ރިޕޯޓް ލިބުނުއިރު، އޭގެ ތެރޭގައި ހައްގުތައް ގެއްލުނު ފިރިހެނުންގެ އަދަދު އުޅެނީ 625 ގައެވެ. އަދި ހައްގުތައް ގެއްލުނު އަންހެނުންގެ އަދަދަކީ 158 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.