ހއ. ވަށަފަރު
ހަބަރު
05 Mar 2026 | 21:35
ވަށަފަރުގެ ބައެއްގެ ގޮތުގައި ކަނޑާލިފިނޮޅު ހަމަޖައްސައިފި

ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ(ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ ހއ. ވަށަފަރު ރައްޔިތުންގެ އެދުމުގެ މަތިންނެވެ.

މި ޤަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Sep 2026
ފަހަތުން އަރައި ޗެލްސީ ބަލިކޮށް އާސެނަލް ފެންވަރު ދައްކާލައިފި
ޗެލްސީ އަތުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އުޅެނީ މެންޗެސްޓަރ ސިޓީއާއެކު ތާވަލްގެ އެންމެ ކުރީގައެވެ. އާސެނަލް އަދި ސިޓީ، މިއިން ކޮންމެ ޓީމަކުން 3 މެޗް ކުލެފައިވާއިރު، ދެޓީމަށްވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ.
06 Sep 2026
ރާއްޖެއާއި އައިޓީއެފްސީ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފި
މީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން މުދާ އިމްޕޯޓުކުރުމަށާއި، ރާއްޖެއިން ބޭރުކުރާ އުފެއްދުންތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ
06 Sep 2026
ދަރިވަރުން މުދައްރިސުންނަށް އިހްތިރާމްކުރުން އޮތީ ބެލެނިވެރިން ދޭ ތަރުބިއްޔަތަކުން
ސްކޫލެއް ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހޭ އެއް ބަޔަކީވެސް ބެލެނިވެރިން ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މަދުން ނަމަވެސް ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވަމުންދާ މަންޒަރު ފެންނަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
06 Sep 2026
ވަށަފަރާއި މުރައިދޫ ބައްދަލުކުރިމެޗް ވަށަފަރަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންގާރަ ދުވަހު ކެލައާ ދެކޮޅަށެވެ. އަދި ވަށަފަރު ނިކުންނާނީ ހަމަ އެދުވަހު ފިނޭއާ ދެކޮޅަށެވެ
06 Sep 2026
މިޔަންމާ އަތުން ބަލިވި ނަމަވެސް، ރާއްޖެއަށް ގްރޫޕުގެ ދެވަނަ
ރާއްޖެ ބަލިވި ކަމުގައި ވީނަމަވެސް، ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ރާއްޖެއަށް ވަނީ މި ގްރޫޕުގެ ދެވަނަ މަގާމު ކަށަވަރުވެފައެވެ. މިއީ މި މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ
06 Sep 2026
އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަންކުރައްވައިފި
މި މަގާމަށް ޢަބްދުލްޢަޒީޒު އައްޔަންކުރައްވާފައި މިވަނީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި އަޙްމަދު އާހިދު ރަޝީދުގެ މަގާމުގެ ދައުރު މިއަދަށް ހަމަވުމާ ގުޅިގެންނެވެ.
06 Sep 2026
ފޭސް ދޭއްގެ މޫދަށް އެރޭ ސަރަހައްދަކާއި މަސްބާނާ ޕްލެޓް ފޯމެއް ހެދުމަށް ހިޔާލް ހޯދަނީ
އެޗްޑީސީން ހުށަހަޅާފައިވާ ޕްލޭނުގައި މައިގަނޑު ދެ ބައެއް ހިމެނެއެވެ. ފުރަތަމަ ބަޔަކީ ފްލޯޓިން ޕޮންޓޫނެއް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ސްވިމިން ސަރަހައްދެކެވެ. އެ ސަރަހައްދުގައި އައުޓްޑޯ ފެންވަރާ ތަނަކާއި މޫދަށް ފައިބަން ފަސޭހަ ރޭމްޕެއް ހުންނާނެއެވެ. ދެވަނަ ބައިގައި ހިމެނެނީ ކޮންކްރީޓް ޑެކެއް ވޯކްވޭއެއް ހިޔާކޮށްފައިވާ ބެންޗުތައް އަދި މަސް ކަނޑަން ޚާއްޞަ ތަނެއް ހިމެނޭ މަސްބާނާ ޕްލެޓްފޯމެކެވެ
06 Sep 2026
އެމްއެމްޕީއާރުސީން އެމްޕީއެލަށް ވިއްކި ޑޮލަރުގެ މުއާމަލާތުން ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދަނީ
އެމްޕީއެލުން ވަނީ އެމްއެމްޕީއާރުސީއާއެކު 2020 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 14 ވަނަ ދުަވަހު އެއްބަސްވުމެއް ގާއިމްކޮށް ލިބެންޖެހޭ މި ފައިސާ އަހަރަކު %4.6 ގެ އިންޓްރެސްޓަކާއެކު 15 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ނިންމަން އެއްބަސްވެފައެވެ. ނަމަވެސް މި ފައިސާ ނުދެއްކި އިންޓަރެސްޓް އަރަމުންދާކަން ފާހަގަކޮށްލެވެއެވެ.