މަންފާއިން މާފުށީ ކައުންސިލާއެކު މިރޭ ބޭއްވި ބައްދަލްވުން
ހަބަރު
05 Mar 2026 | 23:11
މަންފާއިން މުހިންމު މަސައްކަތެއް؛ ރަށު ފަތުރުވެރިކަން ފުޅާ ރަށްތަކުގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަނީ

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ މަންފާއިން ރާއްޖޭގައި ރަށު ފަތުރުވެރިކަން ފުޅާ ރަށްރަަށުގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމައިފި އެވެ. 

މަންފާ އިން އެކަން މިރޭ ވަނީ ހާމަކޮށްފަ އެވެ. އެ ޖަމިއްޔާ އިން ބުނީ ރާއްޖޭގައި ރަށު ފަތުރުވެރިކަން ފުޅާ ރަށްރަަށުގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

މަންފާއިން ބަހައްޓާނީ މިފަދަ ބޫތުތަކެއް 

އެ މަސައްކަތް ފެށުމުގެ ގޮތުން މިރޭ ވަނީ ރަށު ފަތުރުވެރިކަމުގައި އެންމެ މަގުބޫލު އަދި އެ ވިޔަފާރި އެންމެ ފުޅާކޮށް އޮތް ކ. މާފުށީ ކައުންސިލާއި މަންފާ އިން ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

އެ ބައްދަލްވުމުގައި މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

މަންފާއިން މާފުށީ ކައުންސިލާއެކު މިރޭ ބޭއްވި ބައްދަލްވުން<br>

އަދި ކުރިއަށް އޮތްތާ އެ ޖަމިއްޔާއިން ރަށު ފަތުރުވެރިކަން އެންމެ ފުޅާކޮށް ހިންގާ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލްކޮށް ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތައް ބެހެއްޓުމަށް މަޝްވަރާ ކުރާނެ ކަމަށް ބުންޏެވެ.

މަންފާ ޖަމިއްޔާއިން ގެންދަނީ މުޅި ރާއްޖޭގައި ދައުވަތުގެ މަސައްކަތް ވަރަށް ފުޅާކޮށް ކުރިއަށް ގެންދަމުންނެވެ. އެ ޖަމިއްޔާއިން އަމާޒު ހިފާފައިވަނީ ދައުވަތުގެ މަސައްކަތް އެހެން ލެވެލްއަކަށް ގެންދިއުމަށެވެ. އެކަމަށް މަގު ފަހިކުރުމުގެ ގޮތުން ތަފާތު ކޮންސެޕްޓަށް ދީނީ އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

މަންފާއިން މާފުށީ ކައުންސިލާއެކު މިރޭ ބޭއްވި ބައްދަލްވުން

އެ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދެ އެވެ. މަންފާ އުފެދި މިވީ އެއް އަހަރުތެރޭ އެ ޖަމިއްޔާ ވެފައިވަނީ ދައުވަތުގައި އެންމެ މަގުބޫލު ޖަމިއްޔާއަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.