މޮޖްތަބާ ޚާމަނާއި
ދުނިޔެ
09 Mar 2026 | 09:11
އީރާނުގެ އައު ރޫހާނީ ލީޑަރަކަށް މޮޖްތަބާ ޚާމަނާއީ އައްޔަންކޮށްފި؛ އޭނާއަކީ ކާކު؟

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެމަގާމަށް އޭނާގެ ދަރިކަލުން މޮޖްތަބާ ޚާމަނާއީ އައްޔަންކޮށްފިއެވެ.

އުމުރުން 56 އަހަރުގެ މޮޖްތަބާ އަކީ އާންމުކޮށް ފެންނަ މޫނެއް ނޫނެވެ. އޭނާގެ ބައްޕާފުޅާ ހިލާފަށް، މޮޖްތަބާ އަކީ މިހާތަނަށް ސަރުކާރުގެ އެއްވެސް ސިޔާސީ މަގާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ. އަދި އާންމުކޮށް ތަގުރީރު ކުރެއްވުމާއި އިންޓަވިއު ދެއްވުމުން ދުރުގައި ހުންނަވާ މޮޖްތަބާގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއްވެސް ފެންނަން ހުރީ ވަރަށް މަދުންނެވެ.

ނަމަވެސް، އީރާނުގެ ސިޔާސީ މަސްރަހުގެ ފަހަތުގައި އޭނާގެ ނުފޫޒު ވަރަށް ބޮޑަށް އޮންނަ ކަމުގެ އަޑުތައް ފެތުރޭތާ އަހަރުތަކެއް ވެއްޖެއެވެ. ވިކިލީކްސްއިން އާންމުކުރި އެމެރިކާގެ ޑިޕްލޮމެޓިކް ލިޔުންތަކުގައި މޮޖްތަބާ ސިފަކޮށްފައިވަނީ "ފަރުދާގެ ފަހަތުގައި ހުންނަ ބާރުގަދަ ޝަހުސިއްޔަތެއް" ގެ ގޮތުގައެވެ. އޭޕީ ނިއުސް އެޖެންސީން ބުނާގޮތުގައި އޭނާއަކީ ގާބިލު އަދި ނިންމުންތައް ނިންމުމުގައި ހަރުދަނާ ބޭފުޅެކެވެ.

މޮޖްތަބާ އިސްކުރުމަކީ އީރާނުގައި ބޮޑު ބަހުސަކަށް ވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. ސަބަބަކީ 1979 ވަނަ އަހަރު އީރާނުގެ އިންގިލާބަށްފަހު ރަސްކަން އުވާލައި، ގައުމުގެ އެންމެ މަތީ ވެރިޔަކީ އާއިލީ ވާރުތައިން އަންނަ މީހެއްގެ ބަދަލުގައި، ދީނީ އިލްމާއި ގާބިލުކަމަށް ބަލައި ހޮވާ ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ކަނޑައަޅާފައި އޮތުމެވެ. މީގެ ކުރިން އާޔަތުالله އަލީ ޚާމަނާއީވެސް ވަނީ އޭނާގެ ދަރިކަލުން އެ މަގާމަށް އައުމަށް ދެކޮޅު ހައްދަވާފައިވާ ކަމަށް "އެސެމްބްލީ އޮފް އެކްސްޕާޓްސް" ގެ މެންބަރަކު ވިދާޅުވެފައެވެ.

މޮޖްތަބާ ޚާމަނާއީ އަކީ ކާކު؟

މޮޖްތަބާ އުފަންވީ 8 ސެޕްޓެމްބަރު 1969 ގައި މަޝްހަދުގައެވެ. އޭނާއަކީ އަލީ ޚާމަނާއީގެ ހަ ދަރިކަލުންގެ ތެރެއިން ދެވަނަ ދަރިކަލުންނެވެ. އުމުރުން 17 އަހަރުގައި އީރާން-އިރާގު ހަނގުރާމައިގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ މޮޖްތަބާ، ދީނީ ތައުލީމު ހާސިލުކުރުމަށް ގޯމް އަށް ވަޑައިގެންނެވީ 1999 ވަނަ އަހަރުއެވެ. އޭނާ އީރާނު މީހުން ބުނާ ”ދީނީ ހެދުން“ (ކްލެރިކަލް ކްލޯތިންގް) ތުރުކުރައްވަން ފެއްޓެވީ އުމުރުން 30 އަހަރުގައެވެ.

މޮޖްތަބާ އަކީ މިހާރުވެސް މެދުފަންތީގެ ދީނީ އިލްމުވެރިއެކެވެ. އެހެންކަމުން، ރޫހާނީ ލީޑަރުގެ މަގާމަށް އޭނާ އައުމުގައި ދީނީ އިލްމީ ފެންވަރުގެ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.