ލިވަޕޫލްކޮޅަށް ލަނޑުޖެހުމަށްފަހު ގަލަތަސަރާއީ ކުޅުންތެރިން އުފާފާޅުކުރަނީ..
ކުޅިވަރު
11 Mar 2026 | 10:45
ޔުއެފާ ޗެްޕިއަންސްލީގް؛ ލިވަޕޫލް އަދި ސްޕާސް ބަލިވިއިރު، ނިއުކާސަލް މެޗް އެއްވަރު

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ލިވަޕޫލް، އަދި ސްޕާސް ކުޅުނު މެޗްތަކުން އެޓީމްތައް ބަލިވިއިރު، ނިއުކާސަލް ކުޅުނު މެޗް އެއްވަރުވެއްޖެއެވެ.

ޗެމްޕިއަންސްލީގްގައި ރޭ ތުރުކީގެ ގަލަތަސަރާއީ އާއި ލިވަޕޫލް ބައްދަލުކުރިމެޗް ގަލަތަސަރާއީ ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. ގަލަތަސަރާއީގެ ދަނޑުގައި ކުޅުނު މިމެޗްގައި އެޓީމުން ވަނީ މެޗްގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހައި ލިވަޕޫލް ހިފަހައްޓާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ހަތްވަނަ މިނެޓް ތެރޭގައި މާރިއޯ ލެމީނާ އެވެ.

މެޗްގައި ގަލަތަސަރާއީ ކުޅުންތެރިން އިތުރު ލަނޑެއް ޖެހިނަމަވެސް ރެފްރީ ނިންމީ އެއީ އޯފްސައިޑް ލަނޑެއްގެ ގޮތުގައެވެ. ރޭގެ މެޗްގައި ލިވަޕޫލަށް ލަނޑެއް ނުޖެހުނު ނަމަވެސް ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތައް އުފައްދާފައިވަނީ ލިވަޕޫލުންނެވެ. 

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ސްޕާސް އާ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރިމެޗް 5-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެތްލެޓިކީޯ މެޑްރިޑެވެ. އެތްލެޓިކޯއަށް ގޯލް ހުޅުވާލަދިނީ ހަވަނަ މިނެޓް ތެރޭގައި ލޮރެންޓޯއެވެ. މެޗްގައި ދެން އެތްލެޓިކޯއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް ގްރިޒްމަން، އަލްވަރެޒް އަދި ނޯމަންޑެވެ. މެޗްގައި އަލްވަރެޒް ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޭ ސްޕާސްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޕޮރޯ އަދި ސޮލަންކާއެވެ.

ޗެމްޕިއަންސްލީގްގައި ސްޕާސް އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ސްކައި ސްޕޯޓްސް

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ އިނގިރޭސި ޓީމްތަކުގެ ތެރެއިން އެންމެ ރަނަގޅު ނަތީޖާއެއް ހޯދީ ނިއުކާސަލް ޔުނައިޓެޑެވެ. ނިއުކާސަލުން ވަނީ ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ. މެޗްގައި ނިއުކާސަލްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެންމެފުރަތަމަ ގޯލެއް ޖަހައި ކުރި ހޯދީވެސް ނިއުކާސަލުންނެވެ. އެއީ މެޗްގެ 86 ވަނަ މިނެޓް ތެރޭގައި ބާނެސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. 

ޗެމްޕިއަންސްލީގްގައި ނިއުކާސަލް އާއި ބާސެލޯނާ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ސްކައި ސްޕޯޓްސް

ބާސެލޯނާއިން ލަނޑު ޖަހާފައިވަނީ މެޗް ނިމެން އުޅެނިކޮށް އިތުރުވަގުތު ކުޅުމުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޔަމާލް އެވެ. 

ޔުއެފާ ޗެމްޕިއަންސްލީގްގައި މިރޭ އިނގިރޭސިވިލާތުގެ އާސެނަލް ނިކުންނާނީ، ޖަރުމަނުވިލާތުގެ ބެޔާ ލެވަކޫސެންއާ ދެކޮޅަށެވެ. މިމެޗް ފަށާނީ 22:45 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.