އީރާންގެ ރައީސް
ދުނިޔެ
12 Mar 2026 | 10:08
ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސްގެ ތިން ޝަރުތެއް

އެމެރިކާއާއި އިސްރާއިލުން އިސްވެ އީރާނަށް ދިން ހަމަލާއާގުޅިގެން ފެށުނު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރައީސް ޕެޒެޝްކިއަން ތިން ޝަރުތެއް ހުށަހަޅުއްވައިފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ދަނީ ސުލްހައިގެ މަޝްވަރާތަކަށް މަގުފަހިކުރުމަށް މަސައްކަތްކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވަނީ ފާއިތުވި ދުވަސްތަކުގައި ރަޝިޔާގެ ރައީސް، ޕާކިސްތާންގެ ބޮޑުވަޒީރު އަދި އޮމާންގެ ސުލްޠާނާ މަޝްވަރާކުރައްވާފައެވެ. އަދި ްމި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރައީސް ޕެޒެޝްކިއަން ވަނީ ތިން ޝަރުތެއް ހުށަހަޅުއްވާފައެވެ. އެއީ:

1) އީރާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ލިބިދޭ ހައްގުތައް ބަލައިގަތުން.

2) އީރާނުގެ އުމްރާނީ ތަރައްގީއަށާއި ރައްޔިތުންނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުން.

3) ކުރިމަގުގައި މިފަދަ ހަމަލާއެއް އީރާނަށް ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން ބައިނަލްއަގުވާމީ މުޖުތަމަޢުއިން ދިނުން.

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް އީރާނުގެ ރައީސް ފަށާފައިވީނަމަވެސް، އީރާނުގެ ލީޑާޝިޕްގެ އެހެން ބޭފުޅުން ތިބީ، ސުލްހައިގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ދޭ ގޮތަށް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ އެއް ސަބަބަކީ، ގަލްފު ސަރަހައްދަށް އީރާނުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްކުރުމެވެ. އެކަމާ ގުޅިގެން އީރާނުގެ ލީޑަރޝިޕުން ވަނީ މިއީ ބައިނަލްއަގުވާމީ މުޖުތަމައުގެ "ދެފުށްކެހެރި ސިޔާސަތެއް" ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެގޮތުން، އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދީ އެގައުމުގެ ސިޔާސީ އަދި އަސްކަރީ ލީޑަރުން އަވަހާރަކޮށްލިއިރު އދ. އިން މިފަދަ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން އީރާނުން ފާހަގަކުރެއެވެ.

އެހެންކަމުން އީރާނުން އަންނަނީ ހުއްޓުމެއްނެތި ހަމަލާތައް ކުރިއަށް ގެންދަމުންނެވެ. މިގޮތުން، އިރާގުގެ އަލް-ފާވް ބަނދަރުގައި އޮތް ބޭރުގެ ދެ ތެޔޮ ޓޭންކަރަކަށް އީރާނުން ވަނީ ހަމަލާދީފައެވެ. އަލް-ފާވް ބަނދަރުގައި އޮތް ޓޭންކަރުތަކަށް ދިން މި ހަމަލާގައި ފަޅުވެރިންގެ ތެރެއިން އެކަކު މަރުވެފައިވާއިރު، 38 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. މި ހާދިސާއާ ގުޅިގެން އިރާގުން ވަނީ ބަނދަރުގެ އޮޕަރޭޝަންތައް ވަގުތީގޮތުން ހުއްޓާލާފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ މެރިޓައިމް އެޖެންސީން މައުލޫމާތު ދޭގޮތުގައި، ޔޫއޭއީގެ ޖެބެލް އަލީ ކައިރިން ދަތުރުކުރަމުންދިޔަ ކޮންޓެއިނަރ ބޯޓަކަށްވެސް ވަނީ ހަމަލާއެއް އަމާޒުވެ، ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.

މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެފައިވާއިރު، ކުވައިތު، ގަތަރު، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއިން ދަނީ އެ ގައުމުތަކާ ދިމާއަށް އަންނަ އީރާނުގެ ގިނަ މިސައިލްތަކާއި ޑްރޯންތަކެއް ވައްޓާލަމުންނެވެ.

ގަލްފުގެ އެހެން ގައުމުތަކަށް ބަލާއިރު، ބަހްރެއިންގެ މުހައްރަގް ގަވަރނޭޓްގައި ހުރި ތެޔޮ ތާނގީތަކަކަށް އީރާނުން ހަމަލާދީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. ދުބާއީއަށް ވެއްޓުނު ޑްރޯނެއްގެ ސަބަބުން ރޯވި ކުޑަ އަލިފާންގަނޑެއް ކޮންޓްރޯލްކޮށްފައިވާ ކަމަށް އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ކުވައިތުގެ މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ޑްރޯން ހަމަލާއެއްގައި ދެ މީހަކު ޒަޚަމްވެފައިވާއިރު، ސައުދީ އަރަބިއްޔާއިން ބުނީ އެގައުމުގެ ޝައިބާ ތެޔޮ ފީލްޑަށާއި ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ގިނަ ޑްރޯންތަކެއް ވައްޓާލާފައިވާ ކަމަށެވެ.

މިކަންކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އީރާނުން ވަނީ ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އަރައިގެން ހިނގައިދާނެކަމަށް ބުނެ ދުނިޔެއަށް އިންޒާރުދީފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯމޫޒް ކަނޑުއޮޅީގައިވާ ތެޔޮ ޓޭންކަރުތައް ހިމާޔަތްކުރާނެކަމުގެ ޔަގީންކަން ދީފައެވެ.




ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.