މާރިޔާ އިންޑިޔާގެ ނޫހަށް ދެއްވި ބަސްދީގަތުމުގެ ތެރެއިން:
ހަބަރު
12 Mar 2026 | 15:46
އަޅުގަނޑުގެ އެދުމަކީ އެހެން ގައުމުތަކުގެ ހަމަނުޖެހުންތަކުގައި ބައިވެރިވާން ދިވެހިން ނުދިޔުން: މާރިޔާ

އުއްމީދަކީ، އެހެން ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް ދިވެހިން ރާއްޖެއިން ބޭރަށް ނުދިއުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ އިންޑިއާގެ އިއަންސް ނޫސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މި ބަސްދީގަތުމުގައި އޭނާ ވަނީ އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ އުފެދިފައިވާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި، ދިވެހިން މިފަދަ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވީ، ސީރިއާގެ ދާޚިލީ ހަނގުރާމަ ގަދަވެގެން ދިޔަ ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހިން އެ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިޔުމަކީ އޭރުވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ހަނގުރާމައަށް ދިޔަ އާއިލާތަކުގެ އަންހެނުންނާއި ކުޑަކުދިންނަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށް، ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދަކީ ދިވެހިން އެހެން ގައުމުތަކުގެ ހަމަނުޖެހުންތަކުގައި ބައިވެރިވުމަށް ރާއްޖެއިން ބޭރަށް ނުދިއުން. ސީރިއާ ހަނގުރާމައިގެ ތެރޭގައި ދިވެހިން އެ ގައުމަށް ދިއުމުން އާއިލާތަކަށް ލިބުނު އަސަރުތަކަކީ އަޅުގަނޑުމެން ތަޖުރިބާކޮށްފައިވާ ހިތްދަތި ކަންތައްތަކެއް،"

މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވަނީ އެ ހަމަނުޖެހުންތަކާއި ގުޅިގެން ތެލުގެ އަގުމަތިވެފައިވާތީ އެކަމާމެދުވެސް ކަންބޮޑުވުންފާޅުކުރައްވާފައެވެ. ައެގޮތުން ރާއްޖެއަކީ ވަރަށް ބޮޑަށް ތެލަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާ، ހަނގުރާމައިގެ ސަބަބުން، ތެލުގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ތެލުގެ އަގު މަތިވުމަކީ، ރާއްޖޭގައި ތަކެތީގެ އަގުތައްވެސް މަތިވާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ނަވީ
އަނގަފުޅާ ނުކުރެ އޮވޭ އިންތިޚާބު ކައިވީމާ އޮތް ހޮރަކުން ނުކުމެއޮވެ. މިގައުމުގެ މިނިވަން ކަމާއި ސިޔާދަތު ވެއްޔާ މޮޑެލި ޚާއިނުން ތިޔައީ. ދިވެހި ގައުމަށް ދިވެހި ރައްޔިތުންނަށް އެއްވެސް ހެވެއް އެދޭ ބައެއް ނޫން
12 Mar 2026
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.