ފަލާހް ވާހަކަދައްކަވަނީ.. ފޮޓޯ: ޕީއެންސީ
ހަބަރު
15 Mar 2026 | 09:37
އެމްޑީޕީގެ ކުލަ ގެއްލޭވަރަށް މިއަދު އެޕާޓީ ފަނޑުވެއްޖެ: ފަލާހް

ދިވެހި ރައްޔިތުންގެ ޕާޓީ، އެމްޑީޕީގެ ކުލަ ގެއްލޭވަރަށް މިއަދު އެ ޕާޓީ ފަނޑުވެފައިވާކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން ބޭއްވި ހޯރަފުށި ދާއިރާ ތަރާވީހުގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގައި މިހާހިސާބަށް އޮތް އެންމެބޮޑު އިދިކޮޅު ޕާޓީ ނަމަވެސް ރީނދޫ ކުލަ ގެއްލޭވަރަށް ޕާޓީ ފަނޑުވެފައިވާކަމަށެވެ. ފަލާހް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައިވެސް އެމްޑީޕީގެ މެމްބަރުން ތަމްސީލުކުރަނީ، ރީނދޫ ކުލައިހގެ ބަދަލުގައި ރަތްކުލަ ކަމަށެވެ.

ފަލާހް ވިދާޅުވީ އެމްޑީޕީ ފާހަގަކުރެވެނީ ރާއްޖެ ތަރައްޤީއަށް ކުރާ އުމްރާނީ މަސައްކަތްތަކަށް ހުރަސްއަޅައި، އިގްތިސާދީ ކުރިއެރުމަށްވެސް ހުަރަސްއަޅައި، އަދި ރާއްޖޭގެ ސަގާފަތާއިދުރު ބައެއްގެ ގޮތުގައި ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން ބޭއްވި ހޯރަފުށި ދާއިރާ ތަރާވީސް... ފޮޓޯ: ޕީއެންސީ

ރައްޔިތުން މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު މަންފާ ކުރަނިވިގޮތަކަށް ޤާނޫނުތައް ހަދަން ފުރުސަތު ލިބިގެންދިޔައިރުވެސް، އެކަންކަން ވިޔާދާގޮތަށް ކުރެވިފައި ނެތްކަން ފަލާހްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.'

2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެބޭފުޅުން ހީކުރީ ރައްޔިތުންގެ މަޖިލީހުގަ ހޮވޭނީ ގިނައިން އެމް.ޑީ.ޕީ މެންބަރުން ކަމަށް. ޕާޓީ ބަދަލުކޮށްފާނެ ކަމަށް ގަބޫލުކޮށްފަ އޭރުގެ 19 ވަނަ މަޖިލީސް ނިމިނިމި އޮއްވާ އެންޓި ޑިފެކްޝަން ގާނޫނު އަނެއްކާ ފާސްކުރި. ފާސްކޮށްފަ އޮތީ ކިހިނެއްތޯ؟ މޮހަނަށް އޮޑިދޭ އުސޫލުން، އޭކުން ނޭނގެ ވާނުވާއެއް ގޮނޑި ގެއްލޭ ކަމެއްވެސް ނޭނގެ ޕާޓީ ބަދަލުކުރީމަ ނުގެއްލޭ ކަމެއްވެސް ނޭނގެ

އިބްރާހިމް ފަލާހް

ރޭވެސް ފަލާހް ވަނީ އެއްދުވަހެއްގައި ދެ އިްނތިހާބުގެ ވޯޓުލުން ބޭއްވުމުގފެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އެއްދުވަހެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޕީއެންސީން ކުރާ މަސައްކަތަކީ ހަޤީޤަތުގައިވެސް މި ޤައުމަށް ވަރަށް ފައިދާހުރި މަސައްކަތެއް ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ފަރާތުން ބޭއްވި ހޯރަފުށި ދާއިރާ ތަރާވީސް... ފޮޓޯ: ޕީއެންސީ

އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފަލާހް ފާހަގަކުރެއްވީ، ދެ އިންތިޚާބު އެއްދުވަހެއްގައި އޮވެއްޖެނަމަ އޭރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމާއި އެކަންކަމަށް ވަރަށް ބޮޑަށް ވަގުތު ނުދެވުމެވެ. 

"ދެ އިންތިޚާބު އެއް ދުވަހަކު ބާއްވައިފި ކަމަށްވަންޏާމު ރައީސުލްޖުމްހޫރިއްޔާ އުޅުއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބުގެ މަސައްކަތްތަކުގައި. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގިނަ ފަހަރު އުޅުއްވޭނީ އެ ބޭފުޅުންގެ އަމިއްލަ ކަމެއްވީމަ، އެ ބޭފުޅުންގެ އިންތިޚާބީ މަސައްކަތުގައި، އެހެންވީމަ ވަރަށް ބޮޑަށް އަސްލު ހަމަޖެހިގެން ވަރަށް ބޮޑަށް ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް މިކަން މިގެންދަނީ" ފަލާހް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.