ނަތަންޔާހޫ؛ އޭނާ މަރާލާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި
ދުނިޔެ
15 Mar 2026 | 11:16
ނަތަންޔާހޫ ފަހައި ހިފައި މަރާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަހައި ހިފައި މަރާލާނެ ކަމުގެ އިންޒާރު އީރާނުގެ އިސްލާމީ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ދީފިއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އެ ޖަމާޢަތުގެ ރަސްމީ ވެބްސައިޓް ސެޕާ ނިއުސްގައި ބުނެފައި ވަނީ "ކުޑަކުދިން މަރާ މި މުޖުރިމު ދިރި ހުރި ނަމަ، ފުރިހަމަ ބާރާ އެކު އޭނާ ފަހައި ހިފައި މަރާލާނެ" ކަމަށެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނަށް ހަމަލާ ދީ ފެށި ހަނގުރާމައިގެ ތިންވަނަ ހަފުތާ ފެށިފައިވާއިރު، މި ހަނގުރާމައިގެ ފުރަތަމަ ހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފައެވެ.

ނަތަންޔާހޫ ވަނީ މާޗް 12 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއީލު "ކުރިއަށް ވުރެ ވަރުގަދަ" ކަމަށް ބުނެ، އީރާނުގެ ނިއުކްލިއާ ސައެންޓިސްޓުން މަރައި، އައިއާރުޖީސީ އަދި ބަސީޖް ފައުޖުތަކަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ބުނެފައެވެ.

ނަތަންޔާހޫ މަރާލާނެ ކަމުގެ އިންޒާރު އީރާނުން ދީފައި މިވަނީ، އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ނަތަންޔާހޫ މަރުވެފައިވާ ކަމަށް ނުވަތަ ޒަޚަމްވެފައިވާ ކަމަށް ބުނެ ޚަބަރު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް އެ ވާހަކައަށް ބާރު ދޭ އެއްވެސް ހެއްކެއް ހުށަހެޅިފައެއް ނުވާއިރު، މާޗް 12 ގައި ނަތަންޔާހޫ ވަނީ ލައިވް ނޫސް ކޮންފަރެންސެއް ބާއްވައި ވާހަކަ ދައްކާފައެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނުގެ މިސައިލް ލޯންޗަރުތަކާއި ގުދަންތަކަށް ހަމަލާ ދެމުން ދިޔަ ނަމަވެސް، އީރާނުން ދަނީ ރެއާ ދުވާލު ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތައް އިސްރާއީލަށް ދެމުންނެވެ.

އަދި ގަލްފު ސަރަޙައްދުގެ އަރަބި ޤައުމުތަކަށް ވެސް ހަމަލާ ދެމުން ގެންދާތީ ތެލުގެ އަގު ވަނީ ބޮޑުތަނުން އުފުލިފައެވެ. އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުން ވަނީ ގަލްފު ޤައުމުތަކާއި އުރުދުންއަށް އީރާނުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ވަގުތުން ހަމަލާ ހުއްޓާލުމަށް ގޮވާލައި ޤަރާރެއް ފާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.