މާލޭ ނޯތު ހާބަރު
ހަބަރު
15 Mar 2026 | 17:53
ނޯތު ހާބަރުން، ނަގާ ފީ ބޮޑުކުރަން މަޝްވަރާއެއް ނުކުރެވޭ: އެމްޕީއެލް

މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން، ނަގާ ފީ ބޮޑުކުރުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު ކުރަމުން ނުގެންދާ ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނީ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން، ނަގާ ފީ ބޮޑުކުރުމާއި ގުޅޭ ބަޔަކު ވާހަކަތަކެއް ފަތުރަމުންދާތީ އެވެ. އިދިކޮޅު ޕާޓީގެ ބައެއް ބޭފުޅުން ވެސް އެފަދަ ވާހަކަތައް އެބަ ދައްކަ އެވެ.

އެމްޕީއެލް އިން ބުނީ އުޅަނދުތަކުން، ނަގާ ފީ ބޮޑުކުރުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަަމަށެވެ.

އެ ކުންފުނިން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫޢުއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލެ ނޯތު ހާބަރުގެ ހިދުމަތްތައް ފުޅާކޮށް "އޭ ޒޯން" ބޭނުންކުރާ އުޅަނދު ފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތްވެސް ފޯރުކޮށް ދިނުމަށް އަންގަވާފައި ކަމަށާ އެ ކުންފުނިން ދަނީ އެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ކަމަށެވެ.

އެމްޕީއެލްގެ އަމާޒަކީ މާލެ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށާ އެގޮތުން އުޅަނދުތަކަށް ޖާގަ ދިނުމުގައި އަމަލު ކުރަމުންދާ އުސޫލަށް މި މަހު ބަދަލު ގެނެސް މުދާ އުފުލާ ބޯޓް ފަހަރުތަކުން ކިއުގައި މަޑުކުރަން ޖެހޭ ވަގުތު ކުޑަވެ ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތައް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން މަސްވެރިކަން ކުރާ އޮޑިދޯނި ފަހަރަށް ޚާއްސަކޮށް މާލެ ނޯތު ހާބަރުގެ "ޑީ ޒޯން" އާއި "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގާ ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ވަނީ އާންމުންގެ ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާ މިފަދަ ކަންކަމުގައި ނުތަަނަވަސްކަން އުފެދޭ ގޮތަށް ދޮގު ވާހަކަތައް ފެތުރުމަކީ ވަރަށް ހިތާމަހުރި ކަމެއްކަން ފާހަގަ ކުރައްވާ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.