މާފަރު ޢާއިލާ ދިރިއުޅެމުންދާ ގެ
ރިޕޯޓް
15 Mar 2026 | 22:40
ވީރާނާވެ ހަލާކުވަމުންދާ ކުޑަކުޑަ ގެއެއްގައި ދިރިއުޅެމުންދާ މި ޢާއިލާއަށް އެހީވަމާ

ގޭގެ ކޮންމެ ތަނަކަށް ބަލާލިނަމަވެސް ވީރާނާކަމާ ފަޅުކަމެވެ. ބާވެ ހަލާކުވަމުންދާ ކުޑަކުޑަ ގެއެކެވެ. ދުރުން ބަލާ މީހަކަށް ހީވާނީ އެއީ ފަޅަށް ހުންނަ ތަނެއް ހެންނެވެ. އެ ހާލަތުގައި ހުރި ތަނެއްގައި ރާއްޖޭގެ އާއިލާއެއް ދިރިއުޅެދާނެކަމަށް ދިވެހީންގެ ތެރެއިން ގިނަ މީހުން ގަބޫލު ވެސް ނުކޮށްފާނެއެވެ. ގޭގެ ފުރާޅުގައި ޖަހައިފައި ހުރީ ދަބަރަށް ވެފައި ހުރި ބާ ޓިނުތަކެކެވެ. އެޅި ގަލުން ރާނައިލައިފައި ހިޔާކޮށްލައިފައިވާކަން އެކަންޏެވެ. މިއީ ވެސް ދިވެހި އާއިލާއެއްގެ ހިތްދަތި ވާހަކައެވެ.

މިއީ ނ. މާފަރު އާއިލާއެއްގެ ވާހަކައެވެ. ދެމަފިރިންނާއި އެދެމީހުންގެ ދެ ފިރިހެން ދަރީން ދިރިއުޅެމުންދަނީ، ފިރިހެން މީހާގެ ދައްތައެއް ގުދަނެއްގެ ގޮތުގައި ބޭނުންކޮށް އުޅުނު ކުޑަ ކުޑަ ގެއެއްގައެވެ.

މާފަރު ޢާއިލާ ދިރިއުޅެމުންދާ ގެ

ލޯބިވާ ދެ ދަރީންނާއެކު އެ ދެމަފިރިންނަށް އުޅެން ޖެހިފައިވަނީ ނުހަނު ދަތި ހާލުގައެވެ. ދެ ދަރީންނަށް އެންމެ އުފާވެރި ހަޔާތެއް ހޯދައިނުދެވޭތީ އެ ދެމަފިރިންގެ ހަޔާތުގެ އުޖާލާކަން ވަނީ ނުހަނު ފަނޑުވެފައެވެ. އެންމެ ދޮށީ ދަރިފުޅު މިހާރު ސުކޫލުވެސް ނިމިފައިވާއިރު، ހަގު ދަރިފުޅު އަދި އުޅެނީ ކީސްޓޭޖް 1 ގައެވެ. 

ދިރިއުޅުމުގެ ހުރިހާ ކަމެއް ކުޑަކުޑަ ”ގޮޅިއެއް“ގެ ތެރޭގައި

އެއީ 15 ފޫޓު 15 ފޫޓުގެ ގޮޅިއެކެވެ. ހުރި ކޮޓަރިއަކީ 10 ފޫޓު 10 ފޫޓުގެ ކޮޓަރިއެެކެވެ. ދެމަފިރިންނާއި އެ ދެ ކުދިން ވެސް ނިދަނީ އެ ކޮޓަރީގައި ނުހަނު ހާލުގައެވެ. ދެން ހުރީ ފަސް ފޫޓު ފަސް ފޫޓުގެ ކުޑަކުޑަ ސިޓީންރޫމެކެވެ. ކެއްކުމާއި ކެއުމާއި ބުއިމާއި ކުދިން ކިޔެވުމުގެ ކަންތައްތައް ވެސް ކުރަންޖެހެނީ އެ ކުޑަކުޑަ ތަންކޮޅުގައެވެ. މި ވަރުން ހާލަތު ފުރިހަމައަށް ކިޔައެއް ނުދެވެއެވެ.

މާފަރު ޢާއިލާ ދިރިއުޅެމުންދާ ގެ

ކޮޓަރިއާއި ސިޓިންރޫމުން ފެންނަނީ ތަރުތީބެއް ނެތި އުކައިލެވިފައިވާ އަންނައުނުތަކެވެ. ގޭތެރޭގެ އެކި ސާމާނުތަކާއި ދެ ކުދީންގެ ކިޔަވާ ފޮތްތަކެވެ. ނިދަން ބޭނުންކުރާ ބާލީސްތަކާއި ގޮދަޑިތައް ބިންމަތީގައި އަތުރައިލައިފައި ހުއްޓެވެ. ވާރޭ ވެހިއްޖެނަމަ ފެނުގެ އަަސަރު މުޅި ގެއަށް ކުރެއެވެ. ހޫނު ގަދަ އެހާމެ ހޫނުވެސް ގަދަ އެވެ.

މާފަރު ޢާއިލާ ދިރިއުޅެމުންދާ ގެ

ދަތިހާލުގައި އުޅެމުންވެސް 24/7 ދަރިންގެ ޚިދުމަތުގައި

އެ ދަތިހާލުގައިވެސް މާތް ރަސްކަލާނގެއަށް ވަކީލުކޮށްލައިގެން އެ ދެމަފިރިން ދިރިއުޅެމުން ދަނީ ދަރިންގެ ހައްގުގައެވެ. އެ ދަރީންގެ ހައްގުގައި މި ދެމަފިރިން މުޅި ހަތަރުދަމު ހޭދަކުރެއެވެ. އުމުރުން 60 އަހަރާ ގާތްވެފައި ވީ ނަމަވެސް، ފިރިހެންމީހާ މިއަދު ވެސް ކުރަނީ ބުރަ މަސައްކަތެކެވެ. އޭނާ މަސައްކަތްކުރަނީ މާފަރުގެ ގާ އަޅާ އަމިއްލަ ކުންފުންޏެއްގައެވެ. ކޮންމެ ދުވަހަކު ވެލި ބަލައި ދިއުމާއި ގާ އަޅަން ދިއުން އޮވެއެވެ. ހައްޓަށް އެހާ ބުރަ މި މަސައްކަތް ވެސް އޭނާ ކުރަނީ ދަރީންނަށް ޓަކައެވެ. 

މާފަރު ޢާއިލާ ދިރިއުޅެމުންދާ ގެ

"އުމުރުން މިހާ ދުވަސްވެފައި ހުންނައިރު މިއީ ކުރަން ވަރަށް ބުރަ މަސައްކަތެއް. އެކަމަކު، ދިރިއުޅުމަށް ޓަކައި ކާން ބޯން ކޮންމެވެސް މަސައްކަތެއް ކުރަންވާނެތާ،" ފިރިހެން މީހާ އަސަރާއެކު ބުންޏެވެ.

އަންހެނުންނަކީ ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ކުރާ މީހެކެވެ. ދަރީންގެ ކަންކަން ކުރުމަށް ފަހު އޭނާގެ ވަގުތުތައް ހޭދަކުރަނީ ދަރީންނަށް ޓަކައި ފައިސާ ފޮއްޗެއް ހޯދުމަށް ކުރެވޭ މަސައްކަތުގައެވެ. ދެމަފިރިން ހުއްޓުމެއް ނެތި ކުރާ މަސައްކަތާއެކު ވެސް ދުވަސް ނިމޭއިރު މާޔޫސްކަން ވެރިވަނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީއެވެ. 

މިފަދަ ޙާލެއްގައި ދިރިއުޅެމުންދަނިކޮށް ފިރިހެން މީހާއަށް ވަނީ އެ ރަށުން ގެވަޅެއް ލިބިފައެވެ. އެކަމަކު، އެ ކަމުގެ ސަބަބުން އެ އާއިލާއަށް ލިބުނު ކުޑަ ވެސް ތަސައްލީއެއް ނެތެވެ. ސަބަބަކީ، އެ ތަނުގައި ބޯހިޔާވަހިކަމެއް ހެދުމުގެ ގާބިލުކަން ނެތުމެވެ. އެ ކަމަށް ޓަކައި އެއްވެސް ދޮރެއް ހުޅުވިފައި ނެތުމެވެ.

މާފަރު ޢާއިލާ ދިރިއުޅެމުންދާ ގެ

ލިޔުމަކުން މި އާއިލާގެ ހާލަތު ހަގީގަތުގައި ކިޔައެއް ނުދެވޭނެއެވެ. ނުހަނު އަރާމުގައި، އޭސީ ކޮޓަރިތަކުގައި މި ގައުމުގެ ބޮޑު އާބާދީއެއް ނިދި ނަމަވެސް، މިއީ ވެސް ބައެއްގެ ދިރިއުޅުމެވެ. މި ފަދަ އާއިލާތަކުގެ ހާލަތު ބަދަލުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

މި ޢާއިލާގެ ޙާލަތު ބަޔާންކޮށް އެހީ ޖަމިއްޔާއިން އާއްމު ކުރި ވީޑިއޯ އަންނަނިވި ލިންކުން ބަލާލެވޭނެއެވެ.

https://www.facebook.com/share/v/183gfGT6rW/?mibextid=wwXIfr

މިފަދަ ބަރަކާތްތެރި މައްސަރެއްގެ ފަހު ދިހައިގެ މި ބަރަކާތްތެރި އޮނަހިރިބރޭގައި، ތިމާއަށް ލިބިފައިވާ ތަނަވަސްކަމުން ކުޑަ މިންވަރެއް ނަމަވެސް މި ނިކަމެތި ޢާއިލާއަށްޓަކައި ހޭދަ ކުރުމަކީ ދަރުމަހުރި ކަމަކަށް ވާނެއެވެ.

މި އާއިލާއަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށް "އެހީ ޖަމިއްޔާ"އިން އެދެއެވެ.

ބޭންކް: ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރ: 7770000014819

އެކައުންޓް ނަން: އެހީ ޖަމިއްޔާ

އިތުރު މައުލޫމާތު ބޭނުންފުޅުވާ ނަމަ، ޖަމިއްޔާގެ ހޮޓްލައިން ނަމްބަރު 7803433 އަށް ގުޅުއްވުން އެދެމެވެ. ތިޔަބޭފުޅުންގެ ކުޑަ އެހީއަކުންވެސް މި އާއިލާގެ މުޅި ދިރިއުޅުން ބަދަލުކޮށްލެވިދާނެއެވެ.

ނ. މާފަރަށް އަމާޒުކޮށްގެން އެހީ ޖަމިއްޔާއިން ހިންގާ މި ޕްރޮޖެކްޓްގެ ސްޓްރެޓެޖިކް ޕާޓްނަރަކީ ”ވޮއިސް“ އެވެ. މިއީ އެހީ ޖަމިއްޔާއާއި ވޮއިސް ގުޅިގެން ކުރިއަށް ގެންދާ މިފަދަ ދެވަނަ ޕްރޮޖެކްޓެވެ.

މިއީ މި ރޯދަމަހު އެހީ ޖަމިއްޔާއިން އިއުލާންކުރާ އެހީވާނަން ކެންޕެއިންގެ ދެވަނަ ޕްރޮޖެކްޓެވެ. ފުރަތަމަ ޕްރޮޖެކްޓް އަމާޒުކޮށްފައިވަނީ، ހއ. ބާރަށުގައި ދިރިއުޅެމުންދާ ނިކަމެތި ޢާއިލާއަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.
26 Jun 2026
އެންމެ ބޮޑަށް ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ޢާންމު ރައްޔިތުންގެ މުދާ
އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށާ، މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.