ރެއާލް މެޑްރިޑާ މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗްގެ ތެރެއިން... ފޮޓޯ: ސިޓީ
ކުޅިވަރު
18 Mar 2026 | 10:38
ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ޗެމްޕިއަންސް ލީގުން ކަޓައިފި

ޔުއެފާ ޗެމްޕިއަންސްލީގް ކުއާޓާ ފައިނަލަށް ނުގޮސް އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ކަޓައިފިއެވެ.

މެންޗެސްޓަރ ސިޓީ މުބާރާތުން ކަޓާފައިވަނީ ރޭ ދެވަނަ ބުރުގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. ރޭގެ މެޗްގައި މެހެމާނުންނަށް ގޯލް ހުޅުވާލަދިނީ 22 ވަނަ މިނެޓް ތެރޭ ލިބުނު ޕެނަލްޓީއަކުން ވިނިޝިއަސް ޖޫނިއަރ އެވެ. 

އޭގެ ކުރިން މެޗްގެ 20 ވަނަ މިނެޓް ތެރޭގައި ކުޅުމުގެ ތެރެއިން ސިޓީގެ ބަނާޑޯ ސިލްވާ ބޯޅައިގައި އަތްލުމުން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެކަކު މަދުކޮށް ކުޅުނު ސިޓީން އެއްވަރުކުރީ 41 ވަނަ މިނެޓް ތެރޭގައި ހާލާންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ރެއާލްގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީވެސް ވިނިޝިއަސް ޖޫނިއާއެވެ. ރޭގެ މެޗުން ލިބުނު މޮޅާއެކު ރެއާލުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދީ ދެމެެޗްގެ އެގްރިގޭޓް 5-1 ގެ ނަތީޖާއިންނެވެ.

ޔުއެފާ ޗެމްޕިއަންސްލީގުން ޗެލްސީ އަލްވަދާއު ކިޔާފައިވަނީ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅުމު މެޗުން ބަލިވެގެންނެވެ. ޗެމްޕިއަންސްލީގް ދެވަނަ ބުރުގެ ފުރަތަމަ ލެގްގައި ޗެލްސީގެ ދަނޑުގައި ކުޅުނު މެޗް ޕީއެސްޖީ ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ލެގްގެ މެޗް ޕީއެސްޖީ ރޭ ކާމިޔާބުކުރީ 0-3 ގެ ނަތީާއިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.