އިއްޒުއްދީން މަގުގައި ހުރި ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި

އަލިފާން ރޯވެފައި

މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފާއި ފުލުހުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. ގުދަނުގައި ވަރަށް ބޮޑަށް ވަނީ ރޯވެފަ އެވެ.

ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ވީއައިއޭގައި ބޭނުންކުރާ ފަޔަރ ލޮރީވެސް ވަނީ ގެނެސްފައެވެ. އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ މ. ކައިރުގޭގައި ހަދާފައިވާ ގޯޑައުންއެއްގައި ކަމަށެވެ. އެތަނުގައި، ގަސްކާނާ އަދި ކެމިކަލް ބަހައްޓާފައި ހުރިކަމަށް މައުލޫމާތު ލިބެއެވެ.

ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީން ބުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާވިކަމެއް އަދި ނޭނގެއެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް