ޗާގޯސް
ދުނިޔެ
21 Mar 2026 | 09:44
އީރާނުން ފޯލަވައްސަށް އަމާޒުކޮށް ހަމަލާތަކެއް ދީފި

އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒެއް ކަމަށްވާ ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް އީރާނުން ދެ ބެލިސްޓިކް މިސައިލް އިއްޔެ ފޮނުވާލައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވަނީ، ޗާގޯސް އާކިޕެލަގޯގައި އޮންނަ މި ކުޑަ ރަށަށް ދިން ހަމަލާތައް އެ ރަށަށް އަރާފައެއް ނުވެއެވެ. މީގެ ތެރެއިން އެއް މިސައިލް ފެއިލްވެފައިވާއިރު، ދެވަނަ މިސައިލް ހުއްޓުވުމަށް އެމެރިކާގެ އަސްކަރީ މަނަވަރަކުން އެސްއެމް-3 އިންޓަރސެޕްޓަރެއް ފޮނުވާލި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ދެވަނަ މިސައިލް ފެއިލްވީ މި އިންޓަރސެޕްޓަރުގެ ސަބަބުން ކަމެއް އަދި ސާފެއް ނުވެއެވެ.

މިހަމަލާ ދޭން މަސައްކަތްކޮށްފައި މިވަނީ ހަނގުރާމައިގައި ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދީފައި ވަނިކޮށެވެ. އަދި މި ހުއްދަ ދިނީ މާބޮޑަށް ލަސްވި ފަހުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނިކޮށެވެ.

1970 ގެ އަހަރުތަކުން ފެށިގެން އެމެރިކާ އާއި އިނގިރޭސިވިލާތުން ޑިއޭގޯ ގާސިއާގައި އަސްކަރީ ހަރަކާތްތައް ހިންގަމުންދަނީ އެ ރަށުގެ އަސްލު ވަޒަންވެރިން ކަމަށްވާ ޗާގޯސް ރައްޔިތުން ގަދަކަމުން ބޭރުކުރުމަށްފަހުގައެވެ.

އީރާނުން ޗާގޯސްއަށް ދިން މި ހަމަލާއަކީ މީގެ ތިން ހަފުތާ ކުރިން ހަނގުރާމަ ފެށުނު ފަހުން އީރާނުން އެންމެ ދުރަށް ދިން މިސައިލް ހަމަލާއެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މީގެ ކުރިން ވިދާޅުވެފައިވަނީ އީރާނުގެ މިސައިލްތަކުގެ ރޭންޖަކީ 2,000 ކިލޯމީޓަރު ކަމަށެވެ. ނަމަވެސް ޑިއޭގޯ ގާސިއާ އޮންނަނީ އީރާނާ ގާތްގަނޑަކަށް 4,000 ކިލޯމީޓަރު ދުރުގައެވެ.

އަރަގްޗީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސި ރައްޔިތުންގެ ގިނަ ބަޔަކު އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވާން ބޭނުންނުވާ ކަމަށެވެ. އަދި ބޮޑުވަޒީރު ސްޓާމަރ، އަމިއްލަ ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއްނެތި އިނގިރޭސި މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަކީ އިނގިރޭސިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުން ކަމަށާއި، އީރާނުން އަމިއްލަ ދިފާއުގައި މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.