ބީއެމްއެލް ހައުސިން ޔުނިޓްތަކުގެ ބިންގާއެޅުން.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Mar 2026 | 22:46
ބީއެމްއެލުން ހުޅުމާލޭގައި ތަރައްޤީކުރާ 1،224 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ "ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢު" ގެ ތެރެއިން 1،224 ހައުސިން ޔުނިޓްގެ ބިންގާ މިރޭ އަޅައިފިއެވެ.

މި ޔުނިޓްތަކުގެ ބިންގާ އަޅާފައިވަނީ އެކަމަށްޓަކައި މިރޭ ފޭސް ތިނެއްގައި ބޭއްވި ރަސްމިއްޔާތުގައެވެ. ޔުނިޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ. 

ބީއެމްއެލް ހައުސިން ޔުނިޓްތަކުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިންގާއެޅުނު މި 1،224 ހައުސިން ޔުނިޓަކީ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ބިނާކުރާ، 3،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނޭ ޔުނިޓްތަކެކެވެ. މި މަޝްރޫޢުގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެޔޮ އަގުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްގެންދަނީ،  ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެންނެވެ.

މިނިސްޓަރު މުއްތަލިބް.. ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްތަލިބް ވިދާޅުވީ، ބިންގާއެޅުނު މި ޔުނިޓްތައް ދެވިގެންދާނީ ރެންޓް އޯން މޮޑެލްގެ ދަށުން، ބޭންކް ތެރެއިން އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ދެވޭ ފުރުސަތެއްގެ ގޮތުގައިކަމަށެވެ. މީގެ ތެރެއިން ތިން ކޮޓަރި ހިމެނޭ މި ހައުސިންގ ޔުނިޓަކީ ސޯޝަލް ހައުސިންގ ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންނަށް ދޫކުރެވޭނެ ޔުނިޓްތަކެއް ކަމަށެވެ.

މި ޔުނިޓްތައް ދެވިގެންދާނީ ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޭންކު ތެރެއިން އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ދެވޭ ފުރުސަތެއްގެ ގޮތުގަ. ކުލި ދައްކާ ދިރިއުޅޭ ބާކީ މުއްދަތަކުން އަމިއްލަ ކުރެވޭ އުސޫލުން

ހައުސިން މިނިސްޓަރު މުއްތަލިބް

މި ޔުނިޓްތަކަކީ މިހާރު ކުރިއަށްދާ އާއިލީ ބޯހިޔާވަހިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 60،000 ދަށުން އާމްދަނީ ލިބޭ އަދި ބޯހިޔާވަހިކަން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބީއެމްއެލުން އިމާރާތްކުރާ މި ޔުނިޓްތައް އެޅުމަށް ނިންމާފައިވަނީ ހުޅުމާލެ ފޭސް 3 ގެ އިތުރުން ފޭސް އެކެއްގައެވެ.

ސަރުކާރުންމިހާރުވެސް ވަނީ ހެޔޮ އަގުގަ ބޯހިޔާވަހިކަން ގަންނަން ލިބޭނެ ފަދަ މަޝްރޫޢު ފެށުމަށް އިއުލާނުކޮށްފައެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް މި މަޝްރޫޢުގެ ތެރެއިން ފްލެޓް ގަތުމުގެ ފުރުސަތު ހުޅުވިގެންދާނޭކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.