މައުމޫންގެެ އިލްތިމާސް: ބައިބައިކުރަން ދައްކާ ވާހަކައަށް ނުހެއްލޭ، މިއީ މުސްލިމުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް --

ބައިބަކުރަން ދައްކާ އެކިވާހަކަތަކަށް ނުހެއްލުމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު އެކަމަށް އިލްތިމާސް ކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. މައުމޫންގެ ޕޯސްޓްގައި ވަނީ މިއީ ސުންނީ މުސްލިމެކޭ ޝީޢާ މުސްލިމެކޭ ސަލަފީ މުސްލިމެކޭ ނުބުނުމަށް އެދިވަޑައިގެންފަ އެވެ. ވިދާޅުވީ އެފަދަ އެންމެންނަކީ ވެސް މުސްލިމުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހައްތާވެސް މުސްލިމުންނެވެ. އެއީ އަޅުގަނޑުމެން ބައިބައިކުރަން ޢަދުއްވުން ކިޔާހާ އެއްޗިއްސެވެ," މައުމޫންގެ ޕޯސްޓްގައި ވިދާޅުވި އެވެ.

ކޮމެންޓް