މިނިސްޓާ އޮފް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު --
ހަބަރު
24 Mar 2026 | 19:15
ނަވާރަ އަތޮޅެއްގައި ޕަބްލިކް ވާކްސް ޔުނިޓް: 516 ވަޒީފާ އުފެދޭނެ

އަތޮޅުތަކުގައި ޕަބްލިކް ވާކްސް ޔުނިޓްތައް އަލަށް ގާއިމު ކުރާ ރަށްތަކާއި، އެ ތަންތަން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްކުގެ ތަފްސީލް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު ހިއްސާ ކުރައްވައިފި އެވެ. 

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ 19 އަތޮޅެއްގައި ޕަބްލިކް ވާކްސް ޔުނިޓްތައް އަލަށް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން 19 ރީޖަނަލް ޔުނިޓަށާއި މޮބައިލް ހަތަރު ޔުނިޓަށް ބޭނުންވާ މެޝިނަރީޒާއި، އިކްއިޕްމަންޓް ހޯދުމަށް 9،130،173.36 ޑޮލަރު ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޕަބްލިކް ވާކްސް ޔުނިޓުތައް ގާއިމްކުރާ ރަށްތަކަކީ ހއ. ދިއްދޫ އާއި ށ. ފުނަދޫ އާއި ށ. މިލަންދޫ އާއި ނ. މަނަދޫ އާއި ރ. މާކުރަތާއި ބ. އޭދަފުއްޓާއި ޅ. ނައިފަރާއި ކ. ތުލުސްދޫ އާއި އއ. ރަސްދޫ އާއި އދ. މަހިބަދޫ އާއި އދ. މާމިގިއްޔާއި ވ. ފެލިދޫ އާއި މ. މުއްޔާއި ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި ތ. ވޭމަންޑޫ އާއި ތ. ވިލުފުއްޓާއި ލ. ގަން އަދި ގއ. ވިލިނގިލީގަ އެވެ.

މިނިސްޓަރު ވިދާޅުވީ މި ޔުނިޓްތަކަށް 456 މުވައްޒަފަކު ނަގާނެ ކަމަށެވެ. މޯބައިލް ޔުނިޓްތަކަށް 60 މުވައްޒަފުން ނަގާނެ ކަމަށެވެ. މިހާތަނަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއިން އެޕްރޫވަލްކޮށްފައި ވަނީ 141 މަގާމެވެ. 

ފިނޭންސް އިން އެޕްރޫވް ވެފައިވާ ރަށްތަކާއި މަގާމުތައް:

* ހއ. ދިއްދޫ ޕަބްލިކް ވާކްސް ޔުނިޓަށް 24 މަގާމު

* ނ. މަނަދޫ ޕަބްލިކް ވާކްސް ޔުނިޓަށް 24 މަގާމު

* އދ. މަހިބަދޫ ޕަބްލިކް ވާކްސް ޔުނިޓަށް 22 މަގާމު

* ވ. ފެލިދޫ ޕަބްލިކް ވާކްސް ޔުނިޓަށް 24 މަގާމު

* ތ. ވޭމަންޑޫ ޕަބްލިކް ވާކްސް ޔުނިޓަށް 23 މަގާމު

* ގއ. ވިލިނގިލި ޕަބްލިކް ވާކްސް ޔުނިޓަށް 24 މަގާމު

މިނިސްޓަރު ވިދާޅުވީ، އޮފީސް އިމާރާތާއި، ގަރާޖުފަދަ ތަންތަން ހެދުމަށް ބޭނުންވާ ބަޖެޓާއެކު ފިނޭންސަށް މިހާރު ހުށަޅާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.