ރ.އުނގުލު... ފޮޓޯ: ގޫގުލް
ހަބަރު
26 Mar 2026 | 09:28
ބިދޭސީންވެސް އިސްތިސްނާ ނުވާގޮތަށް އެންމެނަށް އުނގުލަށް އެރޭގޮތަށް ބަދަލުކޮށްފި

ބިދޭސީންވެސް އިސްތިސްނާ ނުވާގޮތަށް ހުރިހާ އެންމެނަށް އުނގުލަށް ދެވޭގޮތަށް ރ.އުނގޫފާރު ކައުންސިލުން ކުރިން ނިންމި ނިންމުން ބަދަލުކޮށްފިއެވެ.

އުގުލަށް އެރުމާ ގުޅޭގޮތުން އުނގޫފާރު ކައުންސިލުން މީގެ ކުރިން ކުރި އާއްމު އިއުލާނުގައި ބުނެފައިވަނީ، އުނގުލަށް އެރޭނީ ހަމައެކަނި އުނގޫފާރަށް ނިސްބަތްވާ މީހުންނަށް އެކަނި ކަމަށެވެ. އުނގޫފާރު ކައުންސިލުން އެގޮތަށް ނިންމުމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެ ނިންމުމަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އެއާއެކު ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފް ވަނީ ރައްޔިތުން އެދޭގޮތަށް ނިންމުން ބަދަލުކޮށްދިނުމަށް އުނގޫފާރު ކައުންސިލްގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

އުނގޫފާރު ކައުންސިލުން އިއްޔެ ގެޒެޓްގައި އާއްމުކުރި އިއުލާނުގައި ބުނެފައިވަނީ ކައުންސިލުން އުނގުލާމެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅާ ނިމެންދެން، ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:30 ން ހަވީރު 05:00 އާ ދެމެދުގެ ވަގުތުތަކަށް އުނގުލަށް އެރޭނޭކަމަށެވެ. އުނގުލަށް އަރަން ބޭނުންނަމަ ގޫގުލް ފޯމަކުން އެކަން އަންގަން ޖެހެއެވެ.

އަދި ރަށަށް އެރުމަށްފަހު ކުރީ އިއުލާނުގައިވެސް ފާހަގަކޮށްފައިވާ ކަންކަމަށް އަމަލުކުރުމަށް އުނގޫފާރު ކައުންސިލުން ވަނީ އެދިފައެވެ.

އެގޮތުން ކާށި ހޮވައިފިނަމަ ހޮވާ ކޮންމެ 04 ކާށިން 01 ކާށި ކައުންސިލަށް ދޭންޖެހެއެވެ. އަދި ގެނެވޭނީ ހަމައެކަނި ހޮވާ ކާްއްޓެވެ. ހޮވާ ކާށީގެ ތެރެއިން ކައުންސިލަށް ލިބޭ ކާށި ވިއްކުމަށް ނިންމާފައިވާއިރު، އުނގުލުން ގަންނަ ނަމަ ކާއްޓެއް 5 ރުފިޔާ އަށެވެ. އުނގޫފާރުންނަމަ 7 ރުފިޔާ އަށެވެ. ކާށި ހޮވަން ހުއްދަ އޮތްނަމަވެސް ރުއް ގަހަށް އެރުމާއި ދިގު ދަނޑި ބޭނުން ކޮށްގެން ރުއް އެޅުން މަނައެވެ.

އުނގުލުން ކަށިކެޔޮގަނޑެއް 100 ރުފިޔާއަށް ގަނެގެން ގެންދެވޭއިރު، ކުއްޅަވައް، ފަން، މިދިލިއޮށް ހޮވާ ފަރާތަކަށް އެތަކެތި އަގަކާ ނުލައި ލިބޭނޭކަމަށް ކައުންސިލުން ބުނެއެވެ. އުނގުލުން ރުއްގަސް ކެނޑުން މަނާކޮށްފައިވާއިރު، އުނގޫފާރު ކައުންސިލްގެ ހުއްދަނެތި އެރަށަށް އަރައިގެން ނުވާނޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އުނގުލަކީ ކުރިން މީހުން ދިރިއުޅުނު ރަށެއް ނަމަވެސް، ރައީސް މައުމޫން ވެރިކަމުގައި 1990 ވަނަ އަހަރުގެ ކުރީކޮޅު އެރަށު މީހުން ވަނީ ހުޅުދުއްފާރަށް ބަދަލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.