އެމްޑަބްލިޔުއެސްސީގެ އިމާރާތް
ހަބަރު
26 Mar 2026 | 09:44
މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތް ހަރުދަނާކުރުމަށް 10 އަހަރުގެ މާސްޓަރ ޕްލޭނެއް

މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި 10 އަހަރުގެ ދުވަހުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްރަށުގައި އަދިވެސް ޒަމާނީ ފެނުގެ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މާލެ ސަރަހައްދުގައި އެ ކުންފުނިން ޚިދުމަތް ދޭތާ 30 އަހަރު ވެފައިވާއިރު، މިހާރުގެ ހާލަތަށް ބަލައި ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މަތީން ވިދާޅުވި ގޮތުގައި، މާލެއަށް އާބާދީ ތޮއްޖެހި، ގުޅިފަޅާއި ގިރާވަރުފަޅު ފަދަ ތަންތަން ތަރައްގީވަމުންދާއިރު، ޚިދުމަތް ދޭން އޮތް ގޮތަށް ބަދަލުތަކެއް އަންނަންޖެހެއެވެ.

"އަޅުގަނޑުމެން މި ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް ކުރާ މަސައްކަތުގެ އިތުރަށް، ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" މަތީން ވިދާޅުވިއެވެ.

މި މާސްޓަރ ޕްލޭންގެ ސަބަބުން ދައުލަތުގެ އެކި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަން ފަސޭހަވާނެ ކަމަށާއި، ޚާއްޞަކޮށް ބިން ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި ފެން ރައްކާކުރާ ތާނގީތަކާއި، ބޯހޯލް ތޮރުފުމާއި، ޕަންޕިންގް ސްޓޭޝަންތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ޖާގަ، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތަކުގައި ހިމެނުމަށް މި ޕްލޭންގެ ސަބަބުން މަގުފަހިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ ބޮޑު އިންވެސްޓްމަންޓަކަށް ވާތީ، ދުރާލާ ޕްލޭން ކުރެވިފައި އޮތުމުން ބަޖެޓުންނާއި އެހެނިހެން ގޮތްގޮތުން ފައިސާ ހޯދަން ފަސޭހަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މަތީން ވިދާޅުވި ގޮތުގައި، މި އޭޕްރީލް މަހުގެ ތެރޭގައި މި މާސްޓަރ ޕްލޭންގެ ޑްރާފްޓް ތައްޔާރުކޮށް ނިންމާލެވޭނެއެވެ.

ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފެން އުފެއްދުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށް، ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ބޭނުންކުރުމަށް މާލެއާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ހޮޅި މެދުވެރިކޮށް ދުވާލަކު 2،000 ޓަނުގެ ފެން ފޯރުކޮށްދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައ. މި ނިޒާމުގެ ޖުމްލަ ކެޕޭސިޓީއަކީ 8،000 ޓަނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.