އެމްޑީޕީގެ ޖަލްސާގައި ފައްޔާޒު ވާހަކަދައްކަވަނީ.. ފޮޓޯ: އެމްޑީޕީ
ހަބަރު
27 Mar 2026 | 23:53
އެސްއޯއީތަކަށް މީހުންވައްދައި ސަރުކާރުން ރައްޔިތުންނާ ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލައިފި: ފައްޔާޒް

މި ސަރުކާރުގެ އަމަލުތައް މިހާރު ހުރީ، ރައްޔިތުން ސަރުކާރުގެ ވަޒީފާތަކަށް ވައްދައި ބިރުދައްކައި އަޅުވެރިކުރަންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކްގައި މިރޭ ބޭއްވި, ފުވައްމުލައް ސިޓީ"ހޭވައްލާ ތައްޔާރު" ޖަލްސާގައި، ފައްޔާޒް ވިދާޅުވީ، އެސްއޯއީތަކަށް މީހުންވައްދައި ސަރުކާރުން ރައްޔިތުންނާ ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލައިފިކަމަށެވެ.

ފައްޔާޒް ވިދާޅުވީ، ފެނިގެން މިދަނީ ދިވެހި ރައްޔިތުންގެ އުފެއްދުންތެރިކަން ނައްތާލުމަށް ސަރުކާރުން މަސައްކަތްކުރަމުންގެންދާ މަންޒަރުކަމަށެވެ. އެގޮތުން ކެޔޮޅަކު ހުރެއްޖެ ނަމަ ފެނަކައަށް ގެންގޮސް ވަޒީފާދޭކަމަށާއި، ފެނިގެން މިދަނީ ދިވެހި ރައްޔިތުން މަސްވެރިކަން ކުރުން ހުއްޓުވާލަން މިސަރުކާރުން މަސައްކަތްކުރަމުން ގެންދާތަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުން ގެންދަނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އާމްދަނީ ހަލާކުކޮށްލުމަށް މަސައްކަތްކުރަމުންގެންދާ ތަންކަަށެވެ. 

ކުޑަ، މެދުފަންތީގެ ވިޔަފާރިއެއް އޮތިއްޔާ އެދަނީ ފުނޑުފުނޑު ކޮށްލަމުން. ރައީސް މުޢިއްޒުގެ ހަމައެކަނި އިޤްތިޞާދީ ސިޔާސަތަކީ، ހަމައެކަނި އިޤްތިޞާދީ ސިޔާސަތަކީ އިޤްތިޞާދު ހަލާކު ކޮށްލާ ދިވެހި ރައްޔިތުން އެންމެންނަށް ވަޒީފާ ދިނުން

ފައްޔާޒް އިސްމާއީލް

ފައްޔާޒް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ އެތައް ޒަމާނަކުން ހޯދި ސިޔާސީ ހައްގުތަކާއި މިނިވަންކަމާ ގުޅުންހުރި ހައްގުތައް ހަނިކުރަމުން ކަމަށެވެ. އެމްޑީޕީ ސަރުކާރު ވެރިކަމަށް އައިސް، އާންމު ދިވެހި ރައްޔިތު މީހާއަކީ ފުދުންތެރި މީހަކަށް ހެދުމުގެ މަސައްކަތް ކުރިނަމަވެސް މި ސަރުކާރުން އަމަލުކުރަމުންދަނީ ދިމާ އިދިކޮޅަށްކަން ފައްޔާޒް ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.