އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
ހަބަރު
28 Mar 2026 | 21:45
ޤާނޫނު އަސާސީއަށް މި ގެންނަ އިސްލާހުން ދުސްތޫރީ އޮނިގަނޑަށް އެއްވެސް ބަދަލެއް ނާންނާނެ: އުޝާމް

ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނިންމި ނަމަވެސް ޤައުމުގެ ދުސްތޫރީ އޮނިގަނޑަށް އެއްވެސް ބަދަލެއް އަންނާނޭކަމަށް ޤަބޫލު ނުކުރައްވާކަމަށް އެޓާނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ޤާނޫނީ ގޮތުން ރައްޔިތުން ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން ބާ ކައުންސިލުން މިއަދު ބޭއްވި ފޯރަމްގައި ވާހަަކަދައްކަވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ، ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ޤާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. ރައްޔިތުންގެ ކިބައިން ބާރުތައް ލިބިގަންނަ ދުސްތޫރީ އެންމެ އަސާސީ ސިފައަކީ ރައްޔިތުންނަށް ލިބިދީފަ އޮންނަ އިންތިހާބު ތަކުގަ ވޯޓު ދިނުމުގެ ހައްގެވެ.

އުޝާމް ވިދާޅުވީ، ދެ އިންތިހާބު އެއްދުވަހަކާ ބޭއްވުމަށް ގެންނަ މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ އެ ހައްޤަށް އުނިކަން ލިބޭނޭކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ.

ރައްޔިތުންގެ ކިބައިން ބާރުތައް ލިބިގަންނަ ދުސްތޫރީ އެންމެ އަސާސީ ސިފައަކީ ރައްޔިތުންނަށް ލިބިދީފަ މިއޮތް އިންތިހާބު ތަކުގަ ވޯޓު ދިނުމުގެ ހައްގު. ރައްޔިތުން އިންތިހާބު ތަކުގަ ވޯޓު ލައިގެން ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރުމުގެ ހައްގު. ރައްޔިތުން ވޯޓު ލައިގެން ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރުމުގެ ހައްޤު. ބޭސިކް އެއް އަސާސް ގާނޫނު އަސާސީގައި ކަނޑައަޅާފައި މިއޮތީ. މި އިސްލާހުގެ ސަބަބުން މިކަމަށް އެއްވެސް ބަދަލެއް އާދޭތޯ؟ އެއްވެސް ބަދަލެއް ނާދޭ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް

އެޓާނީ ޖެނެރަލް ވިދާޅުވީ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނިންމާ ނިންމުމަކުން ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދޭ އެންމެ މުހިއްމު ބާރަށް އެއްވެސް ބަދަލެއް ނާންނާނޭކަމަށެވެ. އެހެންކަމުން މިކަމުގެ ސަބަބުން ދުސްތޫރީ އޮނިގަނޑަށް ބަދަލެއް އަންނަކަމަކަށް އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރައްވާކަމަށެވެ.

ހަމައެކަނި އަންނާނޭ ބަދަލަކީ، ރާއްޖޭގައި ޒަމާނުއްސުރެ އަމަލު ކުރަމުން އައި އިންތިހާބީ އޮނިގަނޑަށް އަންނަ ބަދަލެއް ކަމަށާއި، މިކަމުން ބަދަލު އަންނާނީ އިންތިހާބީ އޮނިގަނޑަށްކަމަށެވެ.

" އެއްވެސް ހާލެއްގައި ގާނޫނު އަސާސީގެ މި ދުސްތޫރުގައި އަޅުގަނޑުމެން ކަނޑައަޅާފަ މިއޮތް އެންމެ އަސާސީ އެއްވެސް ކަމަކަށް ބަދަލެ އަންނާނެ އިސްލާހެއް ނޫން މިއީ" އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވިއެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން ފުންނާބު އުސް ވަކީލާ އާއިޝަތު އާޒިމާ ޝަކޫރުވެސް ވަނީ ޤާނޫނު އަސާސީއަށް މި ގެންނަ އިސްލާހަކީ ގެނައުން ދުސްތޫރީ އޮނިގަނޑު ހުއްދަކުރާ އިސްލާހެއްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިކަމުގައި އުފައްދާނޭ ޤާނޫނީ އެއްވެސް ސުވާލެއް ނެތްކަމަށް އާޒިމާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.