ކަންނެލި ޖެޓީ ސަރަހައްދު ފަޅުތެރެއަށް ކުނިއަޅާފައި.. ފޮޓޯ: ވޮއިސް
ހަބަރު
30 Mar 2026 | 18:16
ގޮނޑުދޮށްތަކާއި މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާކުރަން ތައްޔާރުވަނީ

ކުރިއަށްއޮތް ތަނުގައި ގޮނޑުދޮށްތަކަށާއި މޫދަށް ކުނިއަޅާމީހުންނަށް ފިޔަވަޅު އަލަމުންދާނޭކަމަށް ތިމާވެއްޓާބެހޭ ވަޒީރު، ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖްކުރުމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ތާރިގް ވިދާޅުވީ، ރަށްރަށުގައި ކުނި އަޅަންނުޖެހޭ ތަންތަނަށް ކުނި އަޅަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، އެގޮތުން ގޮނޑުދޮށާއި މޫދަށް ކުނިއަޅަމުންދާަކަމަށެވެ. މިކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަމަށާއި، މިކަމަށް ގަވާއިދެއް ހަދައި ތަންފީޒުކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ގަވާއިދު އެކުލަވާލައި ނިމުމުން އަތިރިމައްޗާއި މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރަމުންދާނޭކަން ވަޒީރު ވިދާޅުވިއެވެ. ތާރިގް ވިދާޅުވީ މިކަމަކީ ވަރަށް ހަރުކަށިކޮށް އަޅުގަނޑުމެން ބަލަހައްޓަން ޖެހޭ ކަމެއް ކަމަށާއި، ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާ އަދި އެއާ އެކު މި ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބަލަހައްޓަން ޖެހޭކަމަށެވެ.

މިކަމަކީ އަޅުގަނޑުމެންގެ އިގްތިސާދާ ސީދާ ގުޅިފައިވާ ކަމަކަށް ވާތީ ކުނި މެނޭޖު ކުރުން ރައްކާތެރި ގޮތުގައި ބަލަހައްޓަންޖެހޭ

ތިމާވެއްޓާބެހޭ ވަޒީރު، ތޯރިގް އިބްރާހީމް

ވަޒީރު ވިދާޅުވީ ވެށި ހަލާކުވެދާގޮތަށް އަމަލުތައް ބަހައްޓައި މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާކޮށް އެފަރާތްތަކުގެ އަތުން ޖޫޜިމަނާ ނަގަމުންދާނޭކަމަށެވެ. ދޭތެރެއަކުން މޫދަށް ކުނިއަޅާ މައްސަލަ ފެންމަތިވަމުން އަންނައިރު މިކަމަކީ ވަރަށް ހަރުކަށިކޮށް ބަލަހައްޓައި ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ފަޅުތަކަށް ކުނިއެޅުމަކީ ވަރަށް އާއްމުކަމެއްކަމަށް ގިނަ ބަޔަކު އަބަދުވެސް ފާަހަގަކުރާ ކަމެކެވެ. އެގޮތުން ހުޅުމާލޭ ފަޅުތެރެއާއި، އަދި ކަންނެލި ޖެޓީ ސަރަހައްދު ފަޅުގައި އާއްމުގޮތެއްގައި ވަރަށް ގިނައިން ޕްލާސްޓިކް ފުޅިއާއި އެފަދަ ތަކެތި މޫދަށް އުކާލާފައި ހުންނަތަން ފެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.