އާދަމް އާޒިމް.. ފޮޓޯ: ވޮއިސް
ހަބަރު
02 Apr 2026 | 00:26
އެމްޑީޕީ ކެނޑިޑޭޓުން ހޮވިއްޖެނަމަ، ގެއަށް ވަންނާނީ އެޗްޑީސީއާ ހަވާލުވުމަށްފަހު: މޭޔަރު އާޒިމް

ކުރިއަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވެއްޖެނަމަ، ގެއަށް ވަންނާނީ އެޗްޑީސީ އާ ހަވާލުވުމަށްފަހު ކަމަށް  އެމްޑީޕީގެ ފަރާތުން ކުރިއަށްއޮތް މޭޔަރުގެ ގޮނޑިއަށް ވާދަކުރައްވާ މިހާރުގެވެސް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ނިންމާލުމުގެ ގޮތުން މިރޭ ބޭއްވި ހޭވައްލާ ތައްޔާރު ކެމްްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެމްޑީޕީގެ މެންބަރަކު ހޮވައިގެން ނޫނީ ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާނޭކަމަށާއި، ހުޅުމާލޭގެ ރައްޔިތުންނަށް އަދި މާލޭގެ ރައްޔިތުންނަށްވެސް ފައިދާއެއްވާނީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލެއް އޮވެގެން ކަމަށެވެ.

މާލެސިޓީގެ ބެލުމުގެ ދަށަށް ހުޅުމާލެ ބަދަލުކުރުމުގެ މައްސަލާގައި އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެސިޓީ ކައުންސިލަށް ބަދަލުނުވެ ލަސްވަނީ ސަރުކާރުގެ ސަބަބުންކަމަށް ވިދާޅުވެފައެވެ. މިރޭ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ކުރިއަށްއޮތް އިންތިހާބު އެމްޑީޕީއަށް ލިބިއްޖެނަމަ، ގެއަށް ވަންނާނީ އެޗްޑީސީގެ ބަލަދުވެރިކަން މާލެސިޓީ ކައުންސިލަށް ހޯދުމަށްފަހުކަމަށެވެ.

އާޒިމް ވިދާޅުވީ މިވެރިކަމުގައި ހިދުމަތް ލިބެނީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަސް އެކަނި ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައިވާ މީހުންނަށް އެކަނިކަން ހިދުމަތް ކުރަމުން ދަނީ. އެހެންވީމާ ރައްޔިތުންނަށް އަޅާނުލާ ރައްޔިތުންނަށް އެއްވެސް ގޮތަކަށް އޯގާތެރިނޫން ސަރުކާރެއް މިގޮތުގައި އޮތުމަކީ ރައްޔިތުންނަށް އިންތިހާއަށް ނިކަމެތިކަން ލިބިގެން ގޮސްފައިވާ ކަމެއް

މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ކަންކަމުގައި ސަރުކާރުގެ ހަމަތައް މިހާރު ހުރިގޮތުން ކައުންސިލް އެމްޑީޕީއަށް ނުދީފިނަމަ، ރައްޔިތުންނަށް ވަރަށް ބިކަވެ، ރައްޔިތުންނަށް ވަރަށް ދެރަގޮތްގޮތަށް ކަންކަން ވެގެންދާނޭކަމަށެވެ. އެގޮތުން މިހާރުވެސް އާސަންދަ އާއި ބޭސް ނުލިބޭކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ދޭން ބުނި ގޯތިގެދޮރު ދޭން ބުނެފައި ގޯތިގެދޮރުވެސް ނުދޭކަމަށެވެ.

މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމު ބޮއްސުން ލާފައިވާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، މި ވެރިކަމުގައި މިހާތަނަށް ރައްޔިތުންނަށް ލިބުނު އެއްޗެއް، ރައްޔިތުންނަށް ލިބުނު މަންފާއެއް، ނެތްކަމަށެވެ.

ކޮމެންޓް
ބަޗީ
ކޮސް ވާހަކަ ތިދައްކަނީ އެންމެންނަކީ ކޮހުން ކަމަށް ހީކޮށްތަ؟
02 Apr 2026
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.