ހިޔާ ސަހަރުގެ ގޮނޑި ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު ޒަހިއްޔާ (ޒާޔާ)
ހަބަރު
05 Apr 2026 | 15:23
ހިޔާ ސަހަރު ބޮޑު ތަފާތަކުން ޒާޔާއަށް

އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީ ބޮޑުތަނުން ބަލިކޮށް ހިޔާ ސަހަރުގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު ޒަހިއްޔާ (ޒާޔާ) ކާމިޔާބު ކުރައްވައިފިއެވެ. 

މި އިންތިޚާބުގައި ޒާޔާ ވާދަކުރެއްވީ ހުޅުމާލެ އުތުރު ދާއިރާގެ ގޮނޑިއަށެވެ. އެ ދާއިރާއަށް 4 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، %48 އަށްވުރެ ބޮޑު އަޣުލަބިއްޔަތާއެކު ގޮނޑި ކާމިޔާބު ކުދީ ޒާޔާއެވެ. އެއީ 909 ވޯޓެވެ. އޭނާއާ ޖެހިގެން ދެން އެންމެ ގިނަ ވޯޓު ލިބިލެއްވީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ޝައުފާ ސަލީމް އަށެވެ. އޭނާއަށް 756 ވޯޓު ލިބިލެއްވިއިރު އެއީ ވޯޓުލީ މީހުންގެ %40 އެވެ. 

މާލޭގެ މޭޔާރުގެ ގޮނޑިވެސް އެމްޑީޕީއަށް ލިބިފައިވާއިރު، ދެން އިން 17 ގޮނޑީގެ ތެރެއިން 16 ގޮނޑިވެސް ލިބުނީ އެމްޑީޕީ އަށެވެ. އެ ގޮތުން؛

1- ހުޅުމާލެ ދެކުނު - އަހުމަދު ގާލިބު

2-މާފަންނު ހުޅަނގު - މުހައްމަދު ރިލްވާން އަލީ

3-މާފަންނު މެދު - އައިޝަތު ހަނާ

4-މާފަންނު ދެކުނު - އިބްރާހީމް ލަބާން ޝަރީފު

5-ހެންވޭރު ހުޅަނގު - ފާތިމަތު ސަހުލާ

6-މައްޗަންގޯޅި މެދު - ހައްވާ ޝިފާނާ

7-ހުޅުމާލެ މެދު - ސަފާއަތު އަހުމަދު ޒާހިރު

8-ހުޅުމާލެ އުތުރު - ފާތިމަތު ޒަހިއްޔާ

9-މެދު ހެންވޭރު - މީކާއީލް މުހައްމަދު ރިޔާޒު

10-ހެންވޭރު ދެކުނު - އާއިޝަތު ނާޒިމާ

11-ހެންވޭރު އުތުރު - ފާތިމަތު ލައިޒާ

12-ގަލޮޅު އުތުރު - އާމިނަތު އިރާޝާ މުހައްމަދު

13-ގަލޮޅު ދެކުނު - އިސްމާއީލް ހަލީމް

14-މައްޗަންގޮޅި އުތުރު - ޚަދީޖާ މުހައްމަދު

15-މައްޗަންގޮޅި ދެކުނު - ފަރުހާން ޝަފީއު

16-މާފަންނު އުތުރު - ހުސައިން ފުރުޝާން

ވެރިރަށް މާލޭގެ ގޮނޑިތަކުގެ ތެރެއިން ޕީއެންސީއަށް ކާމިޔާބުވަނީ ވިލިމާލޭގެ ގޮނޑި އެކަންޏެވެ. މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން ވިލިމާލޭގެ ކައުންސިލް ގޮނޑި ޕީއެންސީގެ ކެންޑިޑޭޓު އިބްރާހީމް ސަމާހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.