ކިނޮޅަސް ކައުންސިލްގެ ރައީސްގެ މަގާމަށް ފަސްވަނަ ދައުރަކަށް އިންތިހާބުވި އަހްމަދު ހަސަން --
ހަބަރު
05 Apr 2026 | 18:55
އަހްމަދަށް ރެކޯޑެއް; ކިނޮޅަސް ރައީސް ކަމުގެ ފަސްވަނަ ދައުރަށް އިންތިހާބުވެއްޖެ

އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރ. ކިނޮޅަސް ކައުންސިލްގެ ރައީސްގެ މަގާމަށް އަހްމަދު ހަސަން އިންތިހާބު ވެއްޖެ އެވެ.

މިއީ އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް އޭނާ އިންތިހާބުވި ފަސް ވަނަ ފަހަރެވެ. މިއީ ރާާއްޖޭގެ ރެކޯޑެކެވެ. މި ފަހަރުގެ އިންތިހާބަށް އޭނާ ނިކުތީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގަ އެވެ. އޭގެ ކުރީން އޭނާ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވީ އަދާލަތު ޕާޓީގެ ޓިކެޓްގަ އެވެ.

އަހްމަދުގެ މަސައްކަތާއެކު އޭނާ ވަނީ ޕީއެންސީގެ ޓިކެޓް ހޯދާ އަދާލަތުގެ ތާއީދު ވެސް ހޯދާފަ އެވެ. ދެ ޕާޓީގެ ތާއީދާއެކު ނިކުމެ އޭނާ ވަނީ ޖެހިޖެހިގެން ފަސްވަނަ ދައުރަކަށް ކިނޮޅަސް ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެފަ އެވެ.

އޭނާ ވަނީ އިއްޔެގެ އިންތިހާބުގައި 231 ވޯޓް ހޯދާފަ އެވެ. އަމިއްލަ ގޮތުން ވާދަކުރި ނައުފަލް އަބްދުލްހަންނާނަށް ލިބުނީ 200 ވޯޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.