އިންތިހާބުވީ ހަތަރު ކެންޑިޑޭޓުން: ދެން އިންތިހާބުވީ އެމްޑީޕީ ކެންޑިޑޭޓެއް --
ހަބަރު
05 Apr 2026 | 23:21
މާމިގިލީން ޖޭޕީގެ ބާރު ކެނޑި، ހަ ގޮނޑި ގެއްލިއްޖެ

އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީގެ ބޮޑު ތާއީދެއް އޮންނަ އދ. މާމިގިލީން އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވެއްޖެ އެވެ. 

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވެވަޑައިގަންނަވާ އަދި އެމަނިކުފާނުގެ ވިލާ ކުންފުނީގެ ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް އޮތް މާމިގިލީގައި އަބަދުވެސް އޮންނަނީ ޖުމްހޫރީ ޕާޓީގެ މެޖޯރިޓީ އެވެ. ނަމަވެސް އިއްޔެ އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، އެ ޕާޓީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.

ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ކުޑަ ތަފާތަކުން ކައުންސިލްގެ ރައީސްގެ މަގާމު ޖުމްހޫރީ ޕާޓީން ވަނީ ދިފާއުކޮށްފަ އެވެ. އަދި ކައުންްސިލްގެ އެއް ގޮނޑި ދިފާއުކުރި އެވެ. މި ފަހަރު ވެސް ކައުންސިލްގެ ރައީސަކީ އިމާދު ފާރޫގެވެ. އިމާދު ވަނީ 459 ވޯޓް ހޯދާފަ އެވެ. ފާރޫގާ އެންމެ ގާތުން ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ނިޝާން ވަނީ 432 ވޯޓް ހޯދާފަ އެވެ.

ޖޭޕީއަށް ދެން ލިބުނީ ކައުންސިލްގެ ގޮނޑިއެކެވެ. އެ ގޮނޑި ކާމިޔާބުކުރީ ޖޭޕީގެ ކެންޑިޑޭޓް މުހައްމަދު ޝަހްރަމް އެވެ. އޭނާ ވަނީ 406 ވޯޓް ހޯދާފަ އެވެ. ޕީއެންސީގެ ކެންޑިޑޭޓް އަލީ ނިހާލް ވަނީ 554 ވޯޓް ހޯދާފަ އެވެ. އަންހެނުންނަށް ހާއްސަ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ލިބުނީ ޕީއެންސީއަށެވެ. އަނެއް ގޮނޑި އެމްޑީޕީއަށެވެ.

ޕީއެންސީގެ ކެންޑިޑޭޓް އަޒްލީނާ އިބްރާހިމް ވަނީ 558 ވޯޓް ހޯދާފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް ހައިފާ އާދަމް ވަނީ 555 ވޯޓް ހޯދާފަ އެވެ.

މި ފަހަރުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓުން ނެރުނީވެސް ހަމައެކަނި މާމިގިއްޔަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި