ބާރު ސްޕީޑްގައި ދިޔަ ސައިކަލެއް ކާރެއްގައިޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ އެކަކުގެ ހާލު ސީރިއަސް
ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރެއްގެ ފަހަތުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކު ޒަޚަމްވެއްޖެއެވެ.
ފުލުހުން ބުނީ، މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު މެންދުރުފަހު 14:16 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓްވި ސައިކަލް.. ފޮޓޯ: ވޮއިސް
ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ މީހުންނަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އަދި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists