ފަޔާ, މާރިޔާ އަދި ރޮޒައިނާ
ހަބަރު
08 Apr 2026 | 15:55
ގަޕޯ ވަކިކުރަން ފަޔާއާ މާރި އަދި ރޮޒޭ ހިމެނޭހެން 55 މެންބަރުން ސޮއިކުރި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުތަކެއްގެ ސޮޔާއެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ⁦‪ޢަބްދުލްޣަފޫރު މޫސާ‬⁩ (ގަޕޯ) ވަކި ކުރަން ހުށައެޅި ޕެޓިޝަންގައި ޕާޓީގެ އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ވެސް ސޮއިކުރައްވައިފި އެވެ.

ޕެޓިޝަންގައި 55 މެންބަރަކު ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީއާ އަންހެނުންގެ ގޮފީގެ ރައީސާ ރޮޒައިނާ އާދަމް ހިމެނިވަޑައިގަންނަވަ އެވެ.

ޣަފޫރު މަގާމުން ވަކިކުރުމަށް އެދި ހުށަހެޅި މައްސަލާގައި ބުނީ، ޕާޓީގެ ވަގުތީ ޗެއަރޕަރސަންކަމުގެ މަގާމު، އޭނާއާ ހަވާލުކުރީ ސަރުކާރުން ހިންގަމުންގެންދާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް އިންތިޒާމު ކުރުމަށް ކަމަށެވެ. 

އަދި ޕާޓީއާމެދު ރައްޔިތުން ކުރަމުންދާ އުއްމީދުތައް ހަގީގަތަކަށް ހެދޭނީ ޕާޓީގެ މަސްލަހަތު ހިފަހައްޓައި، ޕާޓީއަށް ތާއީދު އިތުރުކޮށް، އާންމު މެންބަރުން ޕާޓީގެ ލީޑަރުންގެ ގޮތުގައި ބަލާ، އެއްވެސް ފަރާތެއް ބާކީ ނުކޮށް، އާންމު މެންބަރުންގެ އިހްސާސްތައް ދެނެގަނެގެން ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށްވެސް ބުންޏެވެ. 

މައްސަލާގައި މިހެން ބުނެފައިވާއިރު، ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އާއި ކުރީގެ ރައީސް ނަޝީދު ވާހަކަދައްކަވަން ފުރުސަތު ނުދެއްވުމުން ގިނަ މެންބަރުންތަކެއް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. 

ގަޕޯ ވަކިކުރަން ހުށަހެޅި އަނެއް ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޕާޓީގެ ޗެއަރޕަރސަންގެ ނާއިބު، އިބްރާހިމް ވަހީދު، އެ މަގާމުން ވަކިކުރުމާ، ޕާޓީގެ ލީގަލް ޑިރެކްޓަރ، އަޙްމަދު މައުރޫފު ވަނީ، އެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރުމެވެ. 

އަދި އޭނާ ވަނީ ޕާޓީއާއި މެންބަރުންގެ މަސްލަހަތު ހިމާޔަތްކުރަން ނުކުޅެދިފައިކަން ފާހަގަކޮށް ޕާޓީގެ ކުރިމަގަށާއި ޕާޓީގެ މަސްލަހަތަށް، މިވަގުތު އެންމެ ރަނގަޅު ގޮތަކީ، ޕާޓީގެ ވަގުތީ ޗެއާޕާސަންކަމުގެ މަގާމުން، ޢަބްދުލްޣަފޫރު މޫސާ ދުރަށް ޖެހިވަޑައިގެންނެވުން ކަމަށް މައްސލާގައި ބުނެފައިވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.