ދޯދި ޓަވަރު 11 އަލިފާން ރޯވި ސަރަހައްދު... ފޮޓޯ: ވޮއިސް
ހަބަރު
11 Apr 2026 | 09:21
ދޯދި ޓަވަރު ކައިރީ ކުނިތަކުގައި ރޯވި ހާދިސާގައި މީހަކަށް އަދި އިމާރާތަކަށް ގެއްލުމެއް ނުލިބޭ: އެފްޑީސީ

ރޭ މެންދަމުގެ ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ދޯދި ޓަވަރު ކައިރީ ކުނިތަކުގައި ރޯވި ހާދިސާގައި މީހަކަށް އަދި އިމާރާތަކަށް ގެއްލުމެއް ނުލިބޭކަމަށް އެ ޓަވަރުތަކުގެ ބަލަދުވެރި ފަރާތުން ބުނެފިއެވެ.

މިކަމާ ގުޅިގެން ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދޯދި ޓަވަރު 11 ކައިރީ ހުރި ކުނިތަކެއްގައި ރޯވި ހާދިސާގައި އެ ހިސާބުގެ އެއްވެސް ޓަވަރަކަށް އަދި މީހަކަށްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ. ރޭ ގާތްގަނޑަކަށް 02:21 ހާއިރު ހިނގި މި ހާދިސާގައި ރޯވެފައިވަނީ ކުނިތަކެއްގައެވެ.

މި ހާދިސާގައި އިމާރާތަކަށް އަދި މީހަކަށް ގެއްލުމެއް ނުވިނަމަވެސް އެ ސަރަހައްދުގައި މަސައްކަތް ކުރަން އުޅޭ ކޮންސްޓްރަކްޝަން ކުންފުނީގެ ބައެއް ތަކެއްޗަށް ވަނި އަލިފާނުގެ އަސަރުކޮށްފައެވެ.

ރޯވި ސަރަަހައްދު... ފޮޓޯ: ވޮއިސް

އެފްޑީސީން ބުނީ އަލިފާން ރޯވުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް އައިސް އަލިފާން ނިއްވާލުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ. މި ހާދިސާ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ބަލަމުން އަންނަ ކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.

ފަހިދިރިއުޅުން ޓަވަރުތައް ކައިރީ ކުނިބުނި ޖަމާކޮށްފައި ބެހެއްޓުމަކީ ވަރަށް އާއްމުކަމެކެވެ. މިކަމާ ގުޅިގެން އެފްޑީސީން ވަނީ ޓަވަރުތައް ހިމެނޭ ސަރަހައްދުތަކަށް ކުނިތައް ނޭޅުމަށް ތަކުރާރުކޮށް އަންގާފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ކަރުދާހާއި އެނޫންވެސް ތަކެތި އެކި ސަރަހައްދުތަކަށް ޖަމާކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

އަމާން ދޯދި ޓަވަރުތައް ކައިރީ ކުނިތަކެއް ޖަމާކޮށްފައި... ފޮޓޯ: ވޮއިސް

ފަހިދިރިއުޅުން ޓަވަރުތައްދޮށަށް ކުނިއަޅަމުންދާ މައްސަލާގައި އެންމެފަހުން އެފްޑީސީން ވަނީ ކުނިއަޅާ މީހުން ފާހަގަކޮށް ޖޫރިމަނާކުރަންވެސް ފަށާފައެވެ. އެގޮތުން މިހާތަނަށް އާއިރު ބައެއް މީހުން ވަނީ ޖޫރިމަނާކޮށްފައެވެ.

އުލޫފާ ހިލާފަށް ތަންތަނަށް ކުނި ނޭޅުމަށް ތަކުރާރުކޮށް ނަސޭހަތް ދިން ނަމަވެސް ކުނިއަޅަމުންދާކަން ފާހަގަކޮށް އެފްޑީސީން ބުނެފައިވަނީ ގޭބިސީތަކުގައި އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖް ރޫމްގައި އެކަމަށް ހާއްސަކޮށްފައި ހުންނަ ކުނިވަށިތަކަށް ކަމަށެވެ. އެގޮތުން އެޕާޓްމަންޓަށް ބަދަލުވާއިރު އެއްޗެހި ގެންނަ ކަރުދާސް ފޮށިތަކާއި، އެނޫންވެސް ކުނިބުނި އުކާލުމަކީ ތަނުގެ ވެރިފަރާތުގެ ޒިންމާއެއްކަމަށް އެޗްޑީއެފްސީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ