އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ
ދުނިޔެ
12 Apr 2026 | 13:17
މައިގަނޑު ދެތިން ކަމެއްގައި އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، ބައެއް ކަންކަމުގައި ކުރިއެރުން ލިބުނު: އީރާން

އެންމެ ދުވަހެއްގެ މަޝްވަރާއަކުން އިރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ޤަބޫލުކޮށްގެން ނުވާނެ ކަމަށާ، އެއްބަސްވުމަކަށް އާދެވޭނީ އެމެރިކާއިން ކުރަމުންދާ ނުހައްގު ޑިމާންޑްތައް ހުއްޓާލުމުން ކަމަށް އިރާނުން ބުނެފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނާ ދެމެދު އިއްޔެ 21 ގަޑިއިރަށް ކުރިއަށްދިޔަ މަޝްވަރާތައް އެއްވެސް އެއްބަސްވުމަކާ ނުލައި ވަނީ ނިންމާލައިފައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ އާދީއްތަ ދުވަހު އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މި މަޝްވަރާތައް ކުރިއަށްދިޔައިރު ދެގައުމުގެ ދެމެދު އިތުބާރު ނެތުމުގެ މައްސަލަތައް ގިނަ ކަމަށެވެ. އަދި އޮތީ ކަންކަން ބޮޑު ޝައްކާއި ވަހުމެއްގެ ތެރޭގައި ކަމަށެވެ.

”މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި 40 ދުވަހުގެ ހަނގުރާމައަށްފަހު ބޭއްވުނު ފުރަތަމަ ބައްދަލުވުން، އެއް ބައްދަލުވުމަކުން ނަތީޖާއެއް ނުކުންނާނެ ކަމަށް އެއްވެސް ފަރާތަކުން އުންމީދު ނުކުރާނެ“ އޭނާ ފާހަގަކުރެއްވިއެވެ.

ބަގާއީ ވިދާޅުވި ގޮތުގައި މަޝްވަރާތައް އުނދަގޫވީ އެޖެންޑާގައި ހުރި މައްސަލަތަކުގެ ނާޒުކުކަމުންނެވެ.

”ވަކިން ޚާއްޞަކޮށް ހޯމޫޒް ކަނޑުއޮޅިއާ ގުޅޭ ކަންކަމާއި ސަރަޙައްދީ މަސްލަހަތުތަކާ ގުޅޭގޮތުން ދެބަސްވުންތަކެއް ހުރި. ބައެއް ކަންކަމުގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް، މައިގަނޑު ދެތިން ކަމެއްގައި އެއްބަސްވުމަކަށް ނާދެވުމުން، އެމެރިކާއެކު އެއްބަސްވުމެއްގައި ސޮއިކުރެވޭ ގޮތް ނުވީ.“ އޭނާ އިތުރަށް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ބަގާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނިއުކްލިއަރ މައްސަލައާއި، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހަނގުރާމައިގެ ބަދަލު ހޯދުމުގެ އިތުރުން ސަރަޙައްދީ ހަނގުރާމަ މުޅިން ހުއްޓާލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.

”މި ޑިޕްލޮމެޓިކް މަސައްކަތް ކާމިޔާބުވާނީ އަނެއް ފަރާތް (އެމެރިކާ)އިން އިޚްލާޞްތެރިކަން ދައްކައި، އީރާނުގެ ގާނޫނީ ހައްގުތަކަށް އިހުތިރާމްކޮށް، ނުހައްގު ޑިމާންޑްތައް ކުރުން ހުއްޓާލުމުން“ އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ މެދުވެރިވުމާއެކު ބޭއްވި މި މަޝްވަރާތަކަށް އެ ގައުމުން ވެދިން އެހީތެރިކަމަށް އީރާނުން ވަނީ ޝުކުރު އަދާކޮށްފައެވެ. އީރާނުގެ މެހެރް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ ވަފުދު މިހާރު ވަނީ ޕާކިސްތާނުން ފުރާފައެވެ.

ޖުމްލަ 21 ގަޑިއިރަށް ދެމިގެންދިޔަ މި މަޝްވަރާތަކުގެ އިތުރު ބުރެއް ކުރިއަށް އޮތް ތަނުގައި ބާއްވާނެ ކަމެއް ނުވަތަ ނޫންކަން އީރާނުން އަދި ހާމައެއް ނުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.