ސޯބެ އަދި އަސްލަމް
ހަބަރު
12 Apr 2026 | 20:00
އަސްލަމް ވާދައެއް ނުކުރާނެ، ސޯބެއަށް ތާއީދު ކުރާކަން ހާމަކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ނުކުރައްވާނެ ކަމުގެ އިޝާރާތެއް އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަސްލަމް ދެއްވައިފި އެވެ.

އަސްލަމަކީ ބަރުލަމާނީ ހަޔާތުގައި ވަރަށް ބޮޑު ހިދުމަތްތެރި އެކެވެ. އައްޑޫއާ އައްޑޫ ހިތަދޫ އަދި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވާފައިވެ އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރުމާއި ގުޅިގެންނެވެ. ގޮނޑި ގެއްލުނީ ސާބިތު ދަރަންޏެއް އޮތުމުންނެވެ.

އެ ނިންމުމާއެކު އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ސޯދިގު (ސޯބެ) ވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ކުރީން ބެލެވުނީ އަސްލަމް ވެސް އެ ގޮނޑިއަށް ވާދަ ކުރާނެ ކަމަށެވެ.

ނަމަވެސް އަސްލަމް މިރޭ ވަނީ ސޯބެގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ. އަދި އޭނާގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބޭ ކަމުގައި ވިދާޅުވި އެވެ.

2024 ވަނަ އަހަރު އޮތް މަޖިލީސް އިންތިހާބުގައި ސިނާން ވަނީ އަސްލަމް ބަލިކޮށްފަ އެވެ. އެއާއެކު މެދުކެނޑުމެއް ނެތި އެތައް އަހަރެއް ވަންދެން އަސްލަމް, މަޖިލީހުގައި އަދާކުރަމުން އައި މެންބަރުކަން ގެއްލުނެވެ.

ކޮމެންޓް
އަލިކޮއްކޮ
ތިޔައީ 100 ޕަރސަންޓް އެމްޑީޕީގެ ގޮޑިއެކެވެ. އެހެންބަޔަކު އުޅޭނެކަމެއްވެސް ނެތެވެ. ތަންދޮރު ދަންނަ، ކިޔަވައިގެންތިބި، އެއްވެސް ތާކުން ދެން އެހެންބަޔަކު ނުހޮވޭނެއެވެ.
12 Apr 2026
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.