ހުސައިން ފަހުމީ-
ހަބަރު
14 Apr 2026 | 09:43
އެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަނުކޮށްފި

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް ޙުސެއިން ފަހުމީ ވަނީ އައްޔަނުކޮށްފިއެވެ.

އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ މިއަދުންފެށިގެންނެވެ. 

Cއެމްޑަބްލިޔުއެސްސީގެ އެމްޑީގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި، އަބްދުލް މަތީން މުހައްމަދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްއިތުފާ ދެއްވީ މިމަހު 12 ވަނަ ދުވަހުއެވެ. 

ފަހުމީ އަކީ މީގެ ކުރިން ސްޓެލްކޯގެ އެމްޑީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. 

މަގާމުން ވަކިކުރުމަށްފަހު އޭނާއަށް ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއްދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Apr 2026
އިސްތިއުފާ ދެއްވީ މި 10 ވަޒީރުން، ރައީސްގެ ޝުކުރު
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
14 Apr 2026
އިސްތިއުފާ ދެއްވީ 10 ވަޒީރެއް، ރައީސް އިސްތިއުފާ ގަބޫލުކުރައްވައިފި
އެ އޮފީހުން ދެންމެ ބުނީ ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވައިފި ކަމަށެވެ.
14 Apr 2026
އިސްތިއުފާ ދެއްވި ނުވަވަނަ މިނިސްޓަރަކަށް ހައިދަރު
މަތީ ތަޢުލީމާ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަހުމަދުވެސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
14 Apr 2026
ފަތުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ތާރިޤް އިސްތިއުފާދެއްވައިފި
14 Apr 2026
އާދަމް ޝަރީފް، މާރިޔާ އަދި އިބްރާހިމް ވަޙީދުވެސް އިސްތިއުފާ ދެއްވައިފި
އެގޮތުން އިސްތިއުފާ ދެއްވީ، ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)، ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، އަދި ސިޓީ ތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ.
14 Apr 2026
ނާޒިމް އާއި ޣައްސާން މަގާމުން އިސްތިއުފާ ދެއްވައިފި
ޑިފެންސް މިނިސްޓަރުކަމުން މުޙައްމަދު ޣައްސާން މައުމޫން އިސްތިއުފާ ދެއްވައިފި އެވެ.
14 Apr 2026
ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ކަމުން ޑރ. ޢާއިޝަތު ޝިހާމް ވަކިކުރައްވައިފި
ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ކަމުން ޑރ. ޢާއިޝަތު ޝިހާމް ވަކިކުރައްވައިފިއެވެ.
14 Apr 2026
ފޮރިން މޮނިސްޓަރުގެ މަގާމުން ޚަލީލް ވަކިކޮށްފި
މިނިސްޓާ އޮފް ފޮރިން އެފެއާޒް ގެ މަގާމުން ޑރ. އަބްދުالله ޚަލީލް ވަކިކޮށްފިއެވެ.